ޣައްޒާ ސިޓީ ދޫކޮށް އިސްރާއީލުން ރައްކާތެރި ވާނޭކަމަށް ބުނި ސަރަހައްދުތަކަށް ދިޔަ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން 1900 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިޔާ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އޮގަސްޓު 11 އިން ފެށިގެން ޣައްޒާގެ މެދުތެރެ އަދި ދެކުނުގެ ސަރަޙައްދުތަކަށް ދީފައިވާ 133 ޙަމަލާގައި 1903 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އަދި މިއީ މުޅި ޣައްޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ 46 އިންސައްތަ ކަމަށް ވަނީ ބުނެފައެވެ.
މި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން ޣައްޒާގެ ސަރުކާރުން ބުނީ މިއީ ޔަހޫދީންގެ ހީލަތްތެރި ޢަމަލުތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ދޭ ޙަމަލާތަކެއް ކަމަށެވެ.
އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުން މި މައްސަލައިގެ ތެރެއަށް ވަދެ، ޔަހޫދީންގެ މި ޢަމަލުތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ގޮވާލާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީންގެ ޙަމަލާތަކުގައި 91 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން 45 މީހުން ޝަހީދުވެފައިވަނީ ޣައްޒާ ސިޓީގައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި 66،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު