ރާއްޖޭގައި ހިނގާފައިވާ ކޮރަޕްޝަނާއި މަޤާމުގެ ނާޖާއިޒް ފައިދާ ހޯދުމުގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި "ދިވެހިރާއްޖެ ކޮރަޕްޝަނާއި މަޤާމުގެ ނާޖާއިޒް ފައިދާ ހޯދުމުގެ މައްސަލަތަކާބެހޭ ކޮންފަރަންސެއް" ބާއްވަން ނިންމަވައިފިއެވެ.
އެކަން ހާމަކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމާއި، މަޤާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކާބެހޭގޮތުން މަޝްވަރާކޮށް، ކުރިއަށް ދެވޭނެ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. އަދި އެކި ސަރުކާރުތަކުގައި، ނިޒާމީ ގޮތެއްގައި ހިންގާފައިވާ ކޮރަޕްޝަނާއި މަޤާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލާ ތަޙްލީލުކުރުމަށް ބާއްވާ މި ކޮންފަރެންސްގައި ޤާނޫނީ ތަޖުރިބާކާރުންނާއި، މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި، ނޫސްވެރިންނާއި، ބައިނަލްއަޤްވާމީ އޮބްޒަރވަރުން ބައިވެރިވާނެކަމަށް އެ ނޫސްބަޔާނުގައި ވެއެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން މި ކޮންފަރެންސްގެ ޙަރަކާތްތަކުގެ ތެރޭގައި، މުއައްސަސާތަކާއި ސިޔާސީންގެ މެދުގައި ހިންގިފައިވާ ކޮރަޕްޝަންގެ ޢަމަލުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި ނަޒަރުހިންގާ ބަލާ، އެކަންކަން ރިކޯޑުކުރެވޭނެއެވެ. އަދި މި އާދަކާދަ ބަދަލުކުރުމަށް ބޭނުންވާ ބައިނަލްއަޤްވާމީ އަދި އެތެރޭގެ އެހީއާއި ޙަރަކާތްތެރިކަމަށްވެސް މި ކޮންފަރެންސް މެދުވެރިކޮށް މަގުފަހިކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، "ކޮރަޕްޝަނަކީ ޢިއްޒަތާއި އިންސާފު ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ކިބައިން ފުރުސަތު ފޭރިގަނެވޭ ވައްކަމެއް" ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ކޮންފަރެންސަކީ ރައްޔިތުންގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު ހިފެހެއްޓުމަށާއި، ޕަބްލިކް އޮފިޝަލުންގެ މައްޗަށް އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް ކަމަށެވެ.
ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނެގުމުގެ އިތުރުން ލިޔެކިޔުން މުތާލިއާކޮށް ބަލާ، ޤާނޫނީ އިޞްލާޙުތަކާއި، ދެފުށްފެންނަ އިޖުރާޢަތުތަކާއި އުޞޫލުތައް އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައް ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތުން ޖަވާބުދާރީވާ ވެރިކަމުގެ ފަރާތުން ބާރާއި ނުފޫޒު ނުފޯރުވޭ އަދި ސަރުކާރުތައް ބަދަލުވުމުން އުވާނުލެވޭނެ ފާރަވެރިވުމުގެ އޮނިގަނޑުތަކާއި އިޖުރާޢަތުތައް ޤާއިމުކުރުމުގެ މަގަށް އަލިކުރާނެކަމަށް ވެސް ނަޝީދުގެއޮފީހުން ނެރުނު ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މި ކޮންފަރެންސްގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ކުރީގެ ގަވަރުނަރު އަދި ފައިނޭންސް މިނިސްޓަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ޢަލީ ހާޝިމާއި، އިކޮނޮމިކް ޑެވަލޮޕްމަންޓް މިނިސްޓަރުގެ މަޤާމު ކުރިން ފުރުއްވާފައިވާ މަޙްމޫދު ރާޒީގެ ބައިވެރިވުމާއި އެހީތެރިކަން ލިބޭނެ ކަމަށް ނަޝީދުގެ އޮފީހުން ބުނެއެވެ. މިއީ ޢާންމުންގެ ބައިވެރިވުމާއި ޤާނޫނީ ވަކާލާތުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ޙަރަކާތެއްގެ ފެށުން ކަމަށާއި ކޮންފަރެންސް ބާއްވާ ތަނާއި، ތާރީޚާއި އެޖެންޑާއާއި، ރެޖިސްޓަރކުރާނެ ގޮތުގެ ތަފްޞީލު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޢާންމުކުރެވޭނެކަމަށް ރައީސް ނަޝީދުގެ އޮފީހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު