ރައްޔިތުންގެ ކެތްތެރިކަން މިހާރު ކޮޅުންލާފައިވާ ކަމަށާއި އޮކްޓޯބަރު 3 ވަނަ ދުވަހު ނުކުމެ ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ގޮވާލައްވައިފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ރައީސް މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ލައްކަ ދޮގު ތަޖުރިބާ ކުރަށްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ކެތްތެރިކަން މިހާރު ކޮޅުންލާފައިވާ ކަމަށާއި، އެހެންކަމުން އޮކްޓޯބަރު 3 ގައި ނިކުމެ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް މާރިޔާ ގޮވާލެއްވިއެވެ.
"ދެ އަހަރު ވެއްޖެ ބަލަހައްޓައިގެން ތިބޭތާ ލައްކަ ދޮގު އަޅުގަނޑުމެން ތަޙައްމަލުކޮށްފީމު, މިދިޔަ ދެ އަހަރުގެ ތެރޭގައި، ރައްޔިތުން ހަމަގައިމުވެސް އަޅުގަނޑުމެން ކައިރީ ބުނަނީ މިހާރު ކެތްތެރިކަން ކޮޅުން ލައިފިއޭ ބަނޑަށް އެ ފީލް ހައިހޫނުކަން ފީލްވާން ފަށައިފިޔޭ،" މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ އޮކްޓޯބަރު 3 ގައި އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ހިގައިދާނެ ކަމަށެވެ. އެހެން ނަމަވެސް، ވަޒީފާ ގެއްލުނު ނަމަވެސް ހިތްވަރު ލައި އެންމެން އެކުގައި ނުކުމެ އަދަދު ދައްކައި، ސަރުކާރާއި ދެކޮޅަށް ބަސްބުނަން ޖެހޭކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ، ޤައުމު އޮންނާނީ ހަމައެކަނި އާދައިގެ ވެލިކޮޅެއްގެ ގޮތުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ވަޒީފާގެ ބިރަށް މުޒާހަރާ އަށް ނުނުކުމެ ތިބެއްޖެ ނަމަ، ރައީސް މުއިއްޒު ހިތްޕުޅަށް އަރާވަޑައިގަންނަވާ ވަގުތެއްގައި ވަޒީފާއިން ވަކިކުރެއްވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އިތުރުން ޓްރައިބިއުނަލްތަކާއި ކޯޓުތައް ވެސް ހުރިކަން ފާހަގަކުރައްވައި މާރިޔާ ވަނީ ކުރީގައި ވެސް މިފަދަ ގޮތަކަށް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ބަދަލު ލިބިފައިވާ ކަން ހާމަކުރަށްވާފައެވެ.
އިތުރަށް ވާހަަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މަސްވެރިންނަށް ޑޮލަރުން ފައިސާ ދޭނެ ކަމަށް ވިދާޅުވި ބޭފުޅުންގެ ސަރުކާރުގައި މިއަދު ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ލިބެނީ ރުފިޔާ ކަމަށާއި، ވިޔަފާރިވެރިންނަށް ވެސް ޑޮލަރު ނުލިބޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން އިންތިހާއަށް ދަތި އަދި ފަޤީރު ހާލަތަކަށް ވެއްޓިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ސަރުކާރުން ގޮންޖަހައި، ކަންކަން ކުރައްވާ ނަމަ އެއީ ވަރަށް ބިރުވެރި ކަމެއް ކަމަށެވެ. އަދި ނޭޕާލްގައި ވެސް ފެނިގެން ދިޔައީ ރައްޔިތުން ކަންކުރި ގޮތް ކަމަށާއި، އެއީ ރަނގަޅު ގޮތެއް ނޫން ނަމަވެސް، ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތި، ފަޤީރުކަން އިތުރުވަމުން ދާ ނަމަ ރައްޔިތުން ނުކުމެ އަތުން ފައިން ގޯސްހަދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ މިގޮތަށް ގައުމު ދޫކޮށްލައިގެން ތިބެއްޖެނަމަ ކޮރަޕްޝަނާއި ފަސާދައާއެކު ރައްޔިތުން ނިކަމެތިވެގެން ހިގައިދާނެ ކަމަށެވެ. އެ ހާލަތަށް ދިވެހިރާއްޖެ ދާކަށް އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެ ކަމަށާއި އެހެންކަމުން ސަރުކާރުން ހިންގާ އަމަލުތަކާއި ދެކޮޅަށް ރައްޔިތުން ނިކުންނަންޖެހޭ ކަަމަށް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު