އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ފަސް މިލިއަން ޑޮލަރުގެ "މުރާބަޙާ ފައިނޭންސިން ފެސިލިޓީ" އެއް ޤައުމީ ބޭންކް ބީއެމްއެލް އަށް ދީފިއެވެ.
ބީއެމްއެލް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގައި ހިންގަމުން އަންނަ ކުދި ވިޔަފާރިތަކަށާއި އަމިއްލަ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުންނާއި، ބައިނަލްއަޤްވާމީ ބާޒާރުން މުދާ އިމްޕޯޓްކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ފަސް މިލިއަން ޑޮލަރުގެ "މުރާބަޙާ ފައިނޭންސިން ފެސިލިޓީ" އެއް ހަމަޖައްސައިދީފައިވާކަމަށެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިޓީއެފްސީއާ އެކީގައި އެފަދަ އެހީއެއްގައި ސޮއިކުރި ފުރަތަމަ ބޭންކް ކަމަށާއި މިފަދަ އެހީއެއް ލިބިފައި ވަނީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ކޯވިޑް-19 ގެ ސަބަބުން ވަރަށް ބޮޑަށް ގޮންޖެހުންތަކާއި ދަތިތަކެއް ދިމާވެފައިވާ ދަނޑިވަޅެއްގައި ކަމަށް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ހީނުކުރާ ވަރުގެ ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އެ ބޭންކުން ދިޔައީ ވިޔަފާރިތަކަށް އެކި ކަހަލަ އެހީތެރިކަން ފޯރު ކޮށްދެމުން ކަމަށެވެ. އަދި އައިޓީއެފްސީގެ ފައިނޭންޝިއަލް ސަޕޯޓް މެދުވެރިކޮށް ބީއެމްއެލް އިން އަމިއްލަ ވިޔަފާރިތަކަށް ފަސް މިލިއަން ޑޮލަރުގެ މާލީ އެހީ އެއް ފޯރުކޮށް ދިނުމުގެ މަގުސަދަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް އެހީވުން ކަމަށް ޓިމް ވިދާޅުވިޢެވެ.
މުރާބަޙާ ފައިނޭންސްއާ ގުޅޭ ގޮތުން އައިޓީއެފްސީގެ ސީއީއޯ، ހަނީ ސަލެމް ސޮމްބޮލް ވިދާޅުވީ، މިގޮތަށް ދެވޭ އެހީގެ ދަށުން މެމްބަރު ގައުމުތައް އިޖުތިމާއީ އަދި މާލީ ގޮތުން ކުރި އަރާނެ ކަަމަށާއި، އަދި ވިޔަފާރިތަކަށް މިގޮތަށް އެހީވުމުން އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބި އަދި ދުނިޔޭގެ ވިޔަފާރީގެ މަސްރަހުގައި ބައިވެރިވުމަށް ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލްއާއި ގުޅިގެން މަސައްކަތް ކުރެވޭކަމީ އައިޓީއެފްސީން ފަޚުރުވެރިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އައިޓީއެފްސީ އިން މިވަގުތު ދޫކުރަމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޯވިޑް-19 ރެސްޕޮންސް ޕެކޭޖްގެ ދަށުން ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ދިވެހިރާއްޖެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.

We are pleased to announce the signing of a US$5 million financing facility with @ITFCCORP to support SMEs in Maldives.
— Bank of Maldives (@bankofmaldives) September 23, 2020
View details: https://t.co/kwx9stLwII pic.twitter.com/tkFrdmCggt
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ހީނުކުރާ ވަރުގެ ބޮޑު ގޮންޖެހުންތަކެއް ދިމާވެފައިވާ މި ދަނޑިވަޅުގައި އެ ބޭންކުން ދިޔައީ ވިޔަފާރިތަކަށް އެކި ކަހަލަ އެހީތެރިކަން ފޯރު ކޮށްދެމުން ކަމަށެވެ. އަދި އައިޓީއެފްސީގެ ފައިނޭންޝިއަލް ސަޕޯޓް މެދުވެރިކޮށް ބީއެމްއެލް އިން އަމިއްލަ ވިޔަފާރިތަކަށް ފަސް މިލިއަން ޑޮލަރުގެ މާލީ އެހީ އެއް ފޯރުކޮށް ދިނުމުގެ މަގުސަދަކީ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް އެހީވުން ކަމަށް ޓިމް ވިދާޅުވިޢެވެ.
މުރާބަޙާ ފައިނޭންސްއާ ގުޅޭ ގޮތުން އައިޓީއެފްސީގެ ސީއީއޯ، ހަނީ ސަލެމް ސޮމްބޮލް ވިދާޅުވީ، މިގޮތަށް ދެވޭ އެހީގެ ދަށުން މެމްބަރު ގައުމުތައް އިޖުތިމާއީ އަދި މާލީ ގޮތުން ކުރި އަރާނެ ކަަމަށާއި، އަދި ވިޔަފާރިތަކަށް މިގޮތަށް އެހީވުމުން އެ ގައުމެއްގެ އިގްތިސާދަށް ކުރިއެރުން ލިބި އަދި ދުނިޔޭގެ ވިޔަފާރީގެ މަސްރަހުގައި ބައިވެރިވުމަށް ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލްއާއި ގުޅިގެން މަސައްކަތް ކުރެވޭކަމީ އައިޓީއެފްސީން ފަޚުރުވެރިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އައިޓީއެފްސީ އިން މިވަގުތު ދޫކުރަމުންދާ ފައިނޭންސް އާއި ހިލޭ އެހީއަކީ އައިއެސްޑީބީ ގްރޫޕުން ކޯވިޑް-19 ރެސްޕޮންސް ޕެކޭޖްގެ ދަށުން ބަލިމަޑުކަމުން އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭހުގެ ބާވަތްތަކާއި، ކާބޯތަކެތީގެ އިތުރުން ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާ ހޯދުމަށް ބަންގްލަދޭޝް، މިސްރު، ކިރިގިސްތާން، ދިވެހިރާއްޖެ އަދި ސެނެގާލް ހިމެނޭ ގޮތަށް ދެމުންދާ މާލީ އެހީތެރިކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު