ހަރަކާތްތެރިނޫންކަމަށް ފާހަގަކުރެވި އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކަށް އިތުރު ފުރުސަތެއް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ހަރަކާތްތެރިނުވާކަމަށް ކަނޑައަޅައި 6،914 ކުންފުނި އުވާލުމަށް ނިންމައި އެ ކުންފުނިތަކުގެ ނަންތައް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
މިނިސްޓްރީން ލިސްޓް ތައްޔާރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން އުވާލުމަށް ރަޖިސްޓްރާރ ކަނޑައަޅައިފައިވާ ކުންފުނިތަކާ ގުޅޭގޮތުން ޢަމަލުކުރާނެ އިޖުރާތުތައް ބަޔާންކުރުމުގެ ގަވާއިދުގެ ދަށުންނެވެ.
ނަމަވެސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އުވާލުމަށް ނިންމާފައިވާ ކުންފުނިތަކުގެ ތެރެއިން, އަލުން ވިޔަފާރީގެ ތެރެއަށް ވަނުމަށް އެދޭ ކުންފުނިތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެފަދަ ކުންފުނިތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޑިސެމްބަރުމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ކުންފުނި ހިންގަން ބޭނުންވާނަމަ އެކަން އަންގައިދިނުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރު މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮޑް ހުށަހެޅުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު