ފެނަކަ ކޯޕަރޭޝަނުން މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ތިން އަހަރުގެ ތެރޭގައި ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އޮޑިޓަ ޖެނެރަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުއްވި އޮޑިޓް ރިޕޯޓު ބިނާކޮށްފައި އޮތީ 2021 އިން 2023 އަށް ފެނަކަ ހިންގި ގޮތުގެ މައްޗަށެވެ. މި ރިޕޯޓުގައި ވައްކަމާއި ކޮރަޕްޝަންގެ ގިނަ މައްސަަލަތަކެއް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ ދައުރުގައި ހިންގާފަައިވާކަން ވަނީ ހާމަވެފައެވެ.
އެ އޮޑިޓް ރިޕޯޓާ ގުޅުވައިގެން ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ލަސްކުރުމެއް ނެތި މިހާރު ވެސް އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި، އެ ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިން ހިންގާ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ބަލައި، އެއީ ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއަށް ފައްތާފައިވާ ކަންކަން ތޯ ކަށަވަރު ކުރަން މޮނިޓަރިން ނިޒާމެއް ގާއިމް ކުރުން ހިމެނެއެވެ. މީގެ އިތުރުން ސްޓޭކްހޯލްޑަރުންނާ މުއާމަލާތް ކުރުމުގެ ނިޒާމު ވަރުގަދަ ކުރުމާއި ރިޕޯޓު ކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާ ކުރުން ވެސް ހިމެނޭ ކަމަށް ފެނަކަ އިން ބުނެއެވެ.
ފެނަކައިން އިތުރަށް ބުނިގޮތުގައި އެންމެ އަސާސީ އެއް ފިޔަވަޅަކީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ވެފައިވާކަން ސާބިތުވާ ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާ މީހުންގެ މައްސަލަތައް ކަމާ ގުޅުން ހުރި ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމެވެ. މިއީ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވާ ކަންކަން ތަކުރާރުވިޔަ ނުދޭން އަޅާ ފިޔަވަޅެއް ކަމަށް ފެނަކަ އިން ބުނެއެވެ. ފެނަކަ އިން ބުނީ، އެ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން އެ ތަން ހިންގަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ފެނަކައިގެ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެ އުސޫލުތަކުގެ ބޭރުން އެއްވެސް އަމަލެއް ނުހިންގޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދޭ ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު