ކޮރަޕްޝަން ހުއްޓުވުމުގެ ކުޑަވެސް ނިޔަތެއް އޮތްނަމަ ބެސްޓިނެޓް ސެޓްލްމެންޓް އެގްރީމެންޓް އުވާލަން ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްޙީދު، ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްޙީދު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމުގެ ކުޑަވެސް ހެޔޮ ނިޔަތެއް މިނިސްޓަރުގެ ހިތުގައި އޮތްނަމަ، ވީހާވެސް އަވަހަކަށް މި އެއްބަސްވުން އުވާލަންޖެހޭ ކަމަށެވެ.
ޑރ. ޝަމްޙީދު ފާހަގަކުރެއްވި ގޮތުގައި ބެސްޓިނެޓް ސެޓްލްމެންޓް އެގްރީމެންޓަކީ ކޯޓު ހުކުމެއްނެތި ރާއްޖޭގައި މިހާތަނަށް ހެދި އެންމެބޮޑު ސެޓްލްމެންޓް އެގްރީމެންޓެވެ.
ޑރ. ޝަމްޙީދު ވަނީ ބެސްޓިނެޓް ކުންފުންޏަކީ އިންސާނީ ވަގުފާރިއާއި ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ގިނަ މައްސަލަތަކެއް އެކި ގައުމުތަކުގައި ހިންގާފައިވާ ކުންފުންޏެއްކަން ފާހަގަކުރައްވާފައެވެ. އެފަދަ ކުންފުންޏެއްގެ ފަސްމަންޒަރު އެނގިތިބެ، ބިލިއަން ޑޮލަރުގެ މަންފާ އެކުންފުންޏަށް ލިބޭފަދަ އެގްރީމެންޓެއް ހެދުމަކީ ކޮރަޕްޝަން ހުއްޓުވޭނެ ގޮތެއްތޯ އައްސަވައި ޑރ. ޝަމްޙީދު ވަނީ ސުވާލު އުފައްދަވާފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ދައުލަތަށް އަހަރަކު ލިބެން އޮތް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ބޭރުގެ މި ކުންފުންޏަށް ލިބޭގޮތް ފަހިކޮށް އެއްބަސްވުން ހަދާފައިވަނީ މިނިސްޓަރު އިޙްސާންގެ އިރުޝާދުގެ ދަށުންކަމަށްވެސް ޑރ. ޝަމްޙީދު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައި، ކޮރަޕްޝަން ހުއްޓުވުމުގެ ކުޑަވެސް ހެޔޮ ނިޔަތެއް އޮތްނަމަ، ވީހާވެސް އަވަހަކަށް މި ސެޓްލްމެންޓް އެގްރީމެންޓް އުވާލުމަށް ޑރ. ޝަމްޙީދު ވަނީ ވަޒީރަށް ގޮވާލައްވާފައެވެ.
ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ޕްރޮސެސް ފުރިހަމަ ކުރަން ބެސްޓިނެޓް އާއެކު އެއްބަސްވުމެއްގެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް، 2019 ވަނަ އަހަރު ރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން އެތެރެކުރުން ހުއްޓުވަން ނިންމުމާއެކު 15 އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުމަށް އަމަލުކުރުން ހުއްޓުނެވެ. ހޯމް މިނިސްޓަރު އިޙްސާން މީގެ ކުރިން ވިދާޅުވެފައިވަނީ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ އެކު ރާއްޖޭގައި އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވުމެއް ހެދީ، އެ ކުންފުންޏާ އެކު ކުރިން ހަދާފައި އޮތް އެއްބަސްވުން ބާތިލުކުރާނަމަ ބޮޑު ބަދަލެއް ދޭންޖެހޭތީ ކަމަށެވެ.
"އެމީހުން ރާއްޖެއަށް ދީފައި އޮތީ ދެ އޮޕްޝަނެއް. އެއް އޮޕްޝަނަކީ 13.7 މިލިއަން ޑޮލަރުގެ އެ މީހުންނަށް ލިބުނު ބިޒްނަސް ލޮސް އެވަގުތަށް ދައްކާފައި އަދި ފަހުން 15 އަހަރު ދުވަހަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން. އެއީ ކިހާ އަދަދެއް ކަމެއް ވެސް ނޭނގޭ. ދެވަނަ އޮޕްޝަނަކަށް ދީފައި އޮތީ އެހެން ހިދުމަތްތަކާއެކުގައި ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުން،" އިހުސާން ވިދާޅުވިއެވެ.
އެ އޮޕްޝަންތައް ރަނގަޅަށް ދިރާސާ ކުރުމަށްފަހު، ސަރުކާރުން ނިންމީ އެތައް މިލިއަން ޑޮލަރުގެ ބަދަލެއް ނުދީ، އެ ސިސްޓަމް ގާއިމުކުރުމަށް ބެސްޓިނެޓް އާ އެކު އެއްބަސްވުމެއް ހެދުމަށް ކަމަށް މިނިސްޓަރ އިޙްސާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު