އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އައްޑޫ ސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިއްމެވީ މިއަދުއެެވެ. ރައީސް އޮފީހުން ބުނީ މި ނިންމެވުމާއެކު، އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، އައްޑޫސިޓީގެ ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ޤަރާރު، މިއަދު ނެރުއްވާފައިވާ ނަންބަރު ޤަރާރުން އުވައިލައްވާފައިވާ ކަމަށެވެ. ރައީސްގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން 2021 ވަނަ އަހަރު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނެރުއްވި ގަރާރަކުންނެވެ. މީގެކުރިން އެމްޑީޕީގެ ވެރިކަމުގައި ހަންކެޑެ ތަރައްގީ ކުރަން، ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކުރިއެވެ.
އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީކުރަން ހަންކެޑެ މަޝްރޫއު އޭރުގެ ސަރުކާރުން އިއުލާނު ކުރީ، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ނިމުމުން، އެ ތަން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު އާންމު ކުރި ނަމަވެސް ސާލިޙްގެ ވެރިކަން ނިމުނު އިރު ވެސް ހަންކެޑެ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރެވިފައެއްް ނުވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު