ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ކުންފުނި، ދިމްޔާތުގެ ޕްރައިވެޓް ލިމިޓެޑުން ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކެއް ސްޕޮންސަރ ކުރުމާ ގުޅިގެން، އެކަން ކުރެވުނު ގޮތް ސާފުކޮށްދިނުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ގޮވާލައްވައިފިއެވެ.

އަމީރު މިކަަމަށް ގޮވާލައްވާފައިވަނީ އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. ކުރީގެ މިނިސްޓަރު އަމީރު ވިދާޅުވީ ރައީސް މުޢިއްޒުގެ އާއިލީ ކުންފުނިން، ދިމްޔާތު ތިރީގައި ހިންގާ ކެފޭއާއި ދިމްޔާތު ގެސްޓް ހައުސް ހިންގައިގެން، ފުރަތަމަ ޑިވިޒަންގެ ހަތަރު ކްލަބަކަށް ކްލަބަކަށް މަހަކަށް 6 ލައްކަ ރުފިޔާގެ މަގުން، ޖުމްލަ 24 މިލިއަން ރުފިޔާއަށް ސްޕޮންސަރކުރާ ގޮތެއް ކިޔައިދޭންޖެހޭ ކަމަށެވެ. އަމީރު ވަނީ މިހާ ބޮޑު ކަމެއް ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކަށް ވެސް ނުކުރެވޭނެ ކަން ފާހަގަކުރަށްވައި އެކަމާ މެދު ސުވާލު އުފައްދަވާފައެވެ.

ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ކުންފުނި ދިމްޔާތުގެ ޕްރައިވެޓް ލިމިޓެޑުން ވަނީ ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކްލަބެއް ސްޕޮންސާކޮށްފައެވެ. ދިމްޔާތު ކުންފުނީގެ ދަށުން ހިންގާ ކެފޭ "ޑެމިއެޓާ" އިން ސްޕޮންސާ ކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި ކްލަބް އީގަލްސް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.



ކިޔުންތެރިންގެ ހިޔާލު