މިދައްކަނީ މާލޭގެ ކުޑަކުދިންގެ ބަގީޗާގައި އެތައް އަހަރެއް ވަންދެން ގެންގުޅުނު ނުރައްކާތެރި ޖަނަވާރެއްގެ ވާހަކައެވެ. އެއީ 1998 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް، ޖުމުލަ 17 އަހަރު ވަންދެން ދިވެހިރާއްޖޭގައި ގެންގުޅުނު ކިނބުލުގެ ވާހަކައެވެ.
މި ކިނބުލުގެ ފެށުން ގުޅިފައިވަނީ 1998 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އަރިއަތޮޅު ދެކުނުބުރީ ތެލުވެލިގަލުގެ ފަޅުތެރެއިންނެވެ. އެ ދުވަސްވަރު ފަޅުތެރެއިން މި ކިނބޫ ފެނިގެން ހިފާފައިވަނީ އަޙްމަދު ސަޢީދު (ގަހާ ސަޢީދު) އާއި އޭނާގެ ބައިވެރިންނެވެ. އޭރު މި ކިނބުލުގައި ހަތަރު ވަރަކަށް ފޫޓު ހުއްޓެވެ. ފަހުން މި ކިނބޫ މާލެ ގެނެސް ގެންގުޅުނީ ކުޑަކުދިންގެ ބަގީޗާގައެވެ.
އެއިރުން ފެށިގެން 2015 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ކިނބޫ އޮތީ ކުޑަކުދިންގެ ބަގީޗާގައި އެއަށް ޚާއްޞަކޮށްގެން ހަދާފައިވާ ކޮއްޓެއްގައެވެ. މި ދިގު މުއްދަތުގެ ތެރޭގައި، ކިނބޫ ބޮޑުވެ، 2015 ވަނަ އަހަރުގެ މެއި މަހާ ހިސާބަށް އައިއިރު، އޭގެ ސައިޒު ވަނީ އަށެއްކަ ފޫޓަށް ބޮޑުވެފައެވެ. ކިނބޫ ބަލަހައްޓަމުން އައީ ކުޑަކުދިންގެ ބަގީޗާ ވެސް ބަލަހައްޓާ ސިފައިންގެ ކުންފުނި، ސިފްކޯއިންނެވެ. މި ކިނބުލަކީ ކުޑަކުދިންގެ ބަގީޗާ ދިޔަ އެތައް ބަޔަކަށް ފެނިފައިވާ، ހަނދާންތައް އާކޮށްދޭ ޖަނަވާރެކެވެ.
ނަމަވެސް، 2015 ވަނަ އަހަރުގެ މެއި މަހު، މި ކިނބޫ ކުޑަކުދިންގެ ބަގީޗާއިން ގެންގޮސްފައިވާ ކަމުގެ ވާހަކަ ފެންމަތިވިއެވެ. ސިފައިންނާ ހަވާލާދީ އޭރުގެ ނޫސްތަކުން ބުނި ގޮތުގައި، ކިނބޫ ރައްކާތެރި އެހެން ތަނަކަށް ބަދަލުކުރީއެވެ. އޭގެ ކުރިން، 2014 ވަނަ އަހަރުގެ ތެރޭގައި ކިނބޫ ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ ވާހަކައެއްވެސް ދެކެވުނެވެ. ނަމަވެސް، ކިނބޫ ގެންދިޔަ ހިސާބުން ފެށިގެން، އާއްމުންގެ މެދުގައި ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ސިފައިން ކިނބޫ މަރާލީއެވެ.
ކިނބުލަށް ވީގޮތުގެ ސައްހަ މައުލޫމާތެއް މިހާތަނަށް ސިފައިން ހާމަކޮށްފައެއް ނުވެއެވެ. ފަހުން، ސިފައިން ބުނަމުން އައީ ކިނބުލަށް ވީގޮތެއް ނޭނގޭ ކަމަށެވެ. ބައެއް މީހުން ބުނާ ގޮތުގައި ސިފައިން ކިނބޫ ނައްތާލީ ބެލެހެއްޓުމުގެ ޚަރަދު ބޮޑުވެގެންނެވެ. މާލޭ ކުޑަކުދިންގެ ބަގީޗާގައި 17 އަހަރު ދިރިއުޅުނު މި ކިނބުލަށް ވީ ގޮތަކީ، އާއްމުންގެ މެދުގައި ސުވާލު އުފެދިފައިވާ ބޮޑު "މިސްޓްރީ" އެކެވެ.

ކިޔުންތެރިންގެ ހިޔާލު