ރައްޔިތުން ނިކުމެ، ޤާނޫނުއަސާސީން ލިބިދޭ ބާރު ރައްޔިތުންގެ އަތްމައްޗަށް ނަގަންވީ ވަގުތު ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ކުރީގެ ރައީސް ސޯލިހް ވިދާޅުވީ މިހާރު ފެނިގެންދަނީ ރައީސް މުޢިއްޒުގެ ވެރިކަމުގައި އަނެއްކާވެސް އެކެއްގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ނަގާ، މުޅި ނިޒާމު ޚަރާބުކޮށްފައިވާ ތަން ކަމަށެވެ. ރާއްޖެ އަނެއްކާވެސް ދަނީ ޚުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށާއި މީގެ ގެއްލުންވާނީ އެންމެހައި ރައްޔިތުންނަށް ކަމަށްވެސް ރައީސް ސާލިޙް ވިދާޅުވިއެވެ.
ޤައުމުގެ އިޤްތިޞާދީ ހާލަތަށް އަލިއަޅުވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ، މިއަދުވެސް ބައެއް ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމަށެވެ. އަދި ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ ސަރުކާރުން ކުންފުނިތަކަށް ނުދައްކާ ހުރި ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ގާ އަޅާ ކުންފުންޏާއި އައިނު ހަދާ ކުންފުނި ފަދަ ކުންފުނިތައް އުފައްދައިގެން މަސައްކަތް ކުރަމުންދާ ކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހިސާބަށް ކަންތައް ދިޔައިރު، ޤައުމު މިވަނީ ހަމަ ރައްޔިތުން ނިކުމެ، ރައްޔިތުންގެ އަތްމައްޗަށް ބާރު ނަގާ ހިސާބަށް ގޮސްފައި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސާލިޙް ވަނީ މާދަމާރޭ ސަރުކާރާއި ދެކޮޅަށް ލޫޓުވައިފި ނަމުގައި ބާއްވާ ބޮޑު މުޒާހަރާގައި އަމަލީގޮތުން އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަން ހާމަކުރައްވާފައެވެ.
"އަޅުގަނޑު ސަލާމަތުން ހުރިއްޔާ އަޅުގަނޑު މިކަމުގައި ބައިވެރިވާނަން. އަޅުގަނޑު އެދެން އެމްޑީޕީގެ އަދި މިކަންބޮޑުވުންތައް ހުރި ހުރިހާ ބޭފުޅުން ވަޑައިގެން، ޝުޢޫރުތައް ފާޅުކޮށް، ސަރުކާރަށް އެ އަޑު އިއްވުން،" ރައީސް ވިދާޅުވިއެވެ.
އިތުރަށް ވާހަަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ 2024 ވަނަ އަހަރު 55 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވެފައިވާ ކަމަށާއި، މިއަހަރުގެ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުސްވަމުންދާ ކަމަށެވެ. ނަމަވެސް ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއް ނުވާ ކަމަށާއި، ކުރިން ފަށާފައިވާ މަސައްކަތްތައް ވެސް ހުއްޓިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެއްވެސް ވައުދެއް ފުއްދަވާ މަންޒަރު ނުފެންނަ ކަމަށާއި ފެނިގެންދަނީ ކުރިން ހުޅުވާފައި ހުރި ތަންތަން ހުޅުވައި އޭޓީއެމް ހުޅުވާތަން އެކަނި ކަމަށް ސާލިޙް ވިދާޅުވިއެެވެ.
ސޯލިޙް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ 60،000 ހައުސިން ޔުނިޓް އަޅާނެ ކަމަށްވި ވައުދާއެކު ކަމަށާއި މިހާތަނަށް އޭގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައިނުވާ ކަމަށެވެ. އަދި މި ސަރުކާރަށް ފެށުނު މަޝްރޫޢެއް ވެސް ނިންމުނު މަޝްރޫޢެއް ނެތް ކަމަށް ސާލިޙް ވިދާޅުވިއެވެ.
"މިހާތަނަށް އައިއިރުގައި އެއްވެސް ކަމެއް، މިއިން އެއްވެސް ކަމެއްގެ އަމަލީ މަސައްކަތް ނުފެށުނީމާ މި އަންނަ ރުޅިގަނޑު މި ބާލަނީ އެނގޭތޯ،" ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސާލިޙް ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި އަދި ޖަވާބުދާރީ ކުރުވުމަށްޓަކައި މިހާރު ކުރެވެން އޮތް ކަމަކީ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާ ގޮތަށް ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުންކަމާއި، އެ ބާރު އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށްވާތީ، އެ ބާރު މިވަގުތު ރައްޔިތުންގެ އަތްމައްޗަށް ނެގުން ކަމަށެވެ.
ސިޔާސީ ކަންތައްތަކަކީ ހަމައެކަނި ސިޔާސީ މީހުންގެ އަތްމައްޗަށް ދޫކޮށްލައިގެން ތިބޭ ވަރަށް ވުރެ މިއަދު ޤައުމުގެ ހާލަތު ނާޒުކުވެއްޖެ ކަމަށާއި، އެންމެން ނުކުމެ މިކަން ހަމަ މަގަށް އެޅުވުން މިއަދު މުހިންމު ކަމަށްވެސް ރައީސް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު