ސުމޫދު ފްލޮޓިލާއަށް އިސްރާއީލުން ހުރަސްއެޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރި ކުރަށްވަައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޣައްޒާއަށް ބޭނުންވާ އަސާސީ އެހީތަކާއެކު ކަނޑު މަގުން ދަތުރުކުރަމުންދާ ގްލޯބަލް ސުމޫދު ފްލޯޓިލާއަށް ބައިނަލްއަގުވާމީ ކަނޑުގެ ސަރަޙައްދުގައި އިސްރާއީލުން ހުރަސްއެޅުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވާ ކަމަށެވެ.
ރައީސް ވިދާޅުވީ މަދަނީ ބޯޓުތަކަކަށް ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުގައި ބިރުދެއްކުމަކީ ތަހައްމަލު ކުރެވޭނެ ކަންކަން ނޫން ކަމަށެވެ. އޭގެއިތުރުން ޙާލުގައިޖެހިފައިވާ ޣާޒާގެ ރައްޔިތުންނަށް އިންސާނީ އެހީއާއެކު ދަތުރުކުރާ ގާފިލާއެއް އަމާޒުފަތްގަނޑަކަށް ހެދުމަކީ އިންސާނިއްޔަތުކަމާއި، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އަދި އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާއިރު ދުނިޔޭގެ ބާރުތަކުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަައެވެ.
މިދިޔަ އޮގަސްޓު މަހު ދަތުރު ފެށި ސުމޫދު ފްލޮޓިލާގައި ދުނިޔޭގެ 44 ގައުމެއްގެ 500 މަދަނީން ހިމެނެއެވެ. އޭގެ ތެރޭގައި ދިވެއްސެއް ކަމަށްވާ އިބްރާހިމް ޝާޒް (ބޮޑޭ) ވެސް ހިމެނެއެވެ. އިސްރާއީލުން ރޭގެ ވަގުތެއްގައިވަނީ ހަތިޔާރާއެކު ބޯޓޫތަކަށް އަރައި އޭގެތެރެއިން 15 އުޅަނދު ހުއްޓުވައި 200 މީހުން ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު