ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ހާއްސަ އިންސްޕެކްޝަނުގައި 70 ތަން ބަންދުކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
މި އިންސްޕެކްޝަން ކުރިއަށްގެންގޮސްފައި ވަނީ މިދިޔަ މަހުގެ 21 އިން އިއްޔެގެ ނިޔަލަށެވެ.
އެމްއެފްޑީއޭއިން ބުނީ މި އިންސްޕެކްޝަނުގައި 1،010 ތަނެއް ބަލައިފާސްކުރި ކަމަށެވެ. އޭގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްގެން ހިންްގާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެފައިވާ ތަންތަނާއި ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ހިމެނޭ ކަމަށް އެމްއެފްޑީއޭއިން ވަނީ ހާމަކޮށްފައެވެ.
މި އިންސްޕެކްޝަންގައި ރަޖިސްޓްރީނުކޮށް ގަވާއިދާ ހިލާފަށް ހިންގަމުން ގެންދާތީ އާއި މުއްދަތު ހަމަވުމަށް ފަހު ހުއްދަ އާނުކޮށް ހިންގަމުންދާތީ 70 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އަދި ހުއްދަ އާކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅާފައިވާތީ 27 ތަނަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ހާމަކުރިއެވެ.
70 ތަން ބަންދުކުރި ކަމުގައިވީނަމަވެސް، އެއިން އެއްވެސް ތަނެއްގެ ނަން އެ އޮތޯރިޓީން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު