ޣާއްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުފެށި 'ގްލޯބަލް ޞުމޫދު ފްލޮޓިލާ'ގެ މެސެޖު މުޅި ދުނިޔެއަށް ފޯރާފައިވާކަމަށް ފަލަސްތީނުން ބުނެފިއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މި ފްލޮޓިލާގައި ބައިވެރިވި އެކްޓިވިސްޓުންގެ ހިތްވަރާއި މަސައްކަތަށް ތައުރީފް ކުރަށްވައި ޣާއްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ވެރިޔާ އިސްމާޢީލް އައް-ޘަވާބްތާ ވިދާޅުވީ ފްލޮޓިލާގެ އިންސާނިއްޔަތުގެ މިޝަނުން މުޅި ދުނިޔެއަށް ވާސިލް ވެފައިވާ ކަމަށެވެ. އަދި އެމީހުންގެ މެސެޖު މުޅި ދުނިޔެއަށް ފޯރާފައިވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުގެ ބާރުތަކުން ފްލޮޓިލާ އިންސްޕެކްޓުކޮށް، ފްލޮޓިލާގެ ބައިވެރިން ހައްޔަރުކުރި ކުރުން ކުށްވެރިކުރަމުން އޭނާ ވިދާޅުވީ އިސްރާއީލުން ހިންގާފައިވަނީ ވައްކަމުގެ އަމަލެއް ކަމަށެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުން ހިޞާރުކޮށް، ޝަހީދުކޯށް، ހަލާކުކޮށް އަދި ވަޒަން ދޫކޮށް ނުކުމެދާން މަޖުބޫރުކުރާ ފަދައިން "ހަގީގަތް ހިޞާރުކުރަން" ވެސް އިސްރާއީލުން ދަނީ މަސައްކަތްކުރަމުންކަމަށް އޭނާ ވިދާޅުވިއެވެ.
ފްލޮޓިލާގެ އެކްޓިވިސްޓުންނަށް ދިން މެސެޖުގައި އައް-ޘަވާބްތާ ވިދާޅުވީ އެއީ ބަތަލުން ކަމަށެވެ.
"އެއްބައިވަންތަކަމުގެ އެކްޓިވިސްޓުންނަށް އަޅުގަނޑުމެންގެ މެސެޖަކީ ތިޔަބައިމީހުން ތިޔަބައިމީހުންގެ ހަށިގަނޑުން އަޅުގަނޑުމެންނާ ހަމައަށް ނާދެވުނު ކަމުގައިވިޔަސް، ތިޔަބައިމީހުންގެ އިންސާނިއްޔަތުގެ އެއްބައިވަންތަކަމާއި ތިޔަބައިމީހުންގެ މާތް އަދި ޠާހިރު ނިޔަތުގެ ސާފުކަމާއެކު، ތިޔަބައިމީހުން ދަތުރު ފެށުމުގެ ކުރިންވެސް ވަނީ އަޅުގަނޑުމެންގެ ހިތްތަކާ ހަމައަށް ވާޞިލުވެފައި، ތިޔަބައިމީހުންގެ މެސެޖު މުޅި ދުނިޔެއަށް ވާޞިލުވެއްޖެ." އައް-ޘަވާބްތާ ވިދާޅުވިއެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ ގްލޯބަލް ޞުމޫދު ފްލޮޓިލާ އިސްރާއީލުން އިންޓަރސެޕްޓްކުރުމަކީ "ޣައިރު ޤާނޫނީ" ޢަމަލެއްގެ ގޮތުގައި ސިފަކޮށް ދުނިޔޭގެ ލީޑަރުންނާއި، ހައްގުތަކުގެ ޖަމާއަތްތަކުން ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު