މުޒާހަރާ ކުރުމަށް މަގަށް ނިކުންނަން ޖެހެނީ ބިނާކުރަނިވި މަޝްވަރާގެ ޖާގަ ނެތުނީމައި ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެއެވެ.
ސަވާދު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު އެމްޑީޕީން މާލޭގައި މިރޭ ބޭއްވުމަށް ތައްޔާރުވަމުންދާ "ލޫޓުވާލައިފި" މުޒާހަރާއާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
މުޒާހަރާ ކުޑަތަން ވެފައިވަނިކޮށް ފުލުހުން ވަނީ މާލޭގައި އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާއި، އެ އޮޕަރޭޝަނާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމަށް ބުނެފައެވެ.
އެމްޑީޕީގެ މި އެއްވުމުގެ ތެރެއަށް ކުށްކުރާ ގުރޫޕުތައް ނެރެ މާލެތެރެ ހަލަބޮލިކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސަވާދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޞުލްޙަވެރި އިހުތިޖާޖާ މުޒާހަރާ ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ޙައްޤެއް ކަމަށެވެ.
އަދި މަގަށް ނިކުމެ ޖަމާޢަތްހަދާ އިހުތިޖާޖުކޮށް ރައްޔިތުންގެ ހިތްހަނމަނުޖެހުން ފާޅުކުރަމަކީވެސް އަސާސީ ޙައްޤެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
ސަވާދު އިތުރަށް ވިދާޅުވީ މަގަށް ނިކުންނަނީ ބިނާކުރަނިވި މަޝްވަރާގެ ޖާގަ ނެތިގެން ދިއުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު