މަރްޔަމް ނަހްދާ ވަޙީދު   4 އޮކްޓޯބަރު 2025 - 9:19
ގޭގައި ކަސްރަތު ކުރުން-
ގޭގައި ކަސްރަތު ކުރުން-
ސިއްހަތު ރަނގަޅުކޮށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި ބަރުދަން މެނޭޖްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަރުދަން ލުއިކުރުމަށްޓަކައި ޖިމަށް ގޮސް ކޮންމެހެން ބޮޑެތި ހަރަދުތައް ކުރާކަށް ނުޖެހެއެވެ. ގޭގައިވެސް މިކަން ކުރެވޭނެއެވެ. މިފަހަރު މި ހިމަނާލަނީ ބަރުދަން ލުއިކުރުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަމެވެ.

ބަރުދަން ލުއިކުރުމުގެ އެންމެ މުހިންމު އެއް ކަމަކީ ކެއުމުގެ އާދަތަކަށް ގެންނަންޖެހޭ ބަދަލުތަކެވެ. ގޭގައި ތައްޔާރުކުރާ ކާނާއަށް ސަމާލުކަން ދިނުމަކީ ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ. ފުރަތަމަ ކަމަކަށް، ފޮނި ބުއިންތަކާއި، ތެޔޮ ގިނައިން ހިމެނޭ އަދި ޕްރޮސެސް ކުރެވިފައިވާ ކާނާ ކެއުން މަދުކުރަން ޖެހެއެވެ. އޭގެ ބަދަލުގައި މޭވާ އާއި ތަރުކާރީ ގިނައިން ކެއުމަށާއި، ފައިބަރު ގިނަ ގޮވާމުގެ ބާވަތްތަކާއި، މަސް، ކުކުޅު އަދި ބިސް ފަދަ ޕްރޮޓީން ގިނަ ކާނާ ކެއުމަށް އިސްކަންދޭން ޖެހެއެވެ.

ކެއުމުގެ އިތުރުން ގޭގައި ކަސްރަތު ކުރުމަކީ ބަރުދަން ލުއިކުރުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ކަމެކެވެ. ބޭރަށް ނުކުމެ ކަސްރަތު ކުރަން ވަގުތު ނުލިބުނަސް، ގޭތެރޭގައި އެކި ބާވަތްތަކުގެ ކަސްރަތު ކުރެވިދާނެއެވެ. އެގޮތުން ގޭތެރޭގައި ހިނގުމާއި، އޮންލައިން ވީޑިއޯތައް ބަލައިގެން ކަސްރަތުކުރުން ފަދަ ކަންކަން ކުރެވޭނެއެވެ.

ކެއުމާއި ކަސްރަތުގެ އިތުރުން، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އެހެނިހެން ކަންކަމަށް ސަމާލުކަން ދިނުމަކީވެސް ބަރުދަން ލުއިކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ރަނގަޅަށް ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދި މަދުވުމަކީ ހޯމޯންތަކަށް ބަދަލު ގެނެސް ބަރުދަން އިތުރުވުމަށް މަގުފަހިކުރާ ކަމެކެވެ. އެހެންކަމުން ދުވާލަކު 7-8 ގަޑިއިރު ނިދުމަށް މަސައްކަތް ކުރަންޖެހެއެވެ. އަދި ސްޓްރެސް ކޮންޓްރޯލް ކުރުމަކީވެސް މުހިންމު ކަމެކެވެ. ސްޓްރެސް ގިނަވުމަކީ ކާހިތްވުން އިތުރުކޮށް، ހަށިގަނޑުގައި ސަރުބީ ގިނަވުމަށް މަގުފަހިކުރާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު