އިދިކޮޅު އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާ ހުއްޓުވުމަށް ބާރުގެ ބޭނުންކުރީ ގަވާއިދާ އެއްގޮތަށް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީން ފުލުހުންނާއެކު މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފަށް އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން، އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެކަމަށާއި، އެއްބަސްވެފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެ އިލްތިމާސްކުރިކަމަށެވެ. ނަމަވެސް އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލައި، ބެރިކޭޑް އެއްލާލައި، ފުލުހުންގެ ޝީލްޑް އަތުލުމަށް މަސައްކަތްކޮށް ޝީލްޑެއް ނެގިކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ޤާނޫނާއި ޚިލާފަށް އެއްވުން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމުން، ޤާނޫނު ނެގެހެއްޓުމުގެ ގޮތުން ފުލުހުންގެ ފަރާތުން ނަސޭހަތާއި އިންޒާރު ދިނުމަށްފަހު، އެ އެއްވުން ހުއްޓުވުމުގައި ޤާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކޮށްފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ، އެއްވުން ހުއްޓުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީ، ފުލުހުންގެ ހިދުމަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އިހުތިޔާރުގެ ދާއިރާގެ ތެރެއިން ކަމަށެވެ. އަދި ފުލުހުން ބޭނުންކޮށްފައިވާ ބާރަކީ، އެ ފަދަ ހާޅަތެއްގައި ބޭނުންކުރުމަށް، ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވައިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތަކެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ފުލުހުން މިފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެ ކަމަށްވެސް ބުންޏެވެ.
އެމްޑީޕީން ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރި މުޒާހަރާ ރުޅާލުމަށް ފުލުހުން ވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކޮށްފައެވެ.
ރޭގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް އެމްޑީޕީއަށް ފުލުހުން ހުއްދަ ދީފައިވަނީ އަމީނީ މަގު އަދި ބޮޑުތަކުރުފާނު މަގުގައި ކަމަށްވާއިރު އެއާ ހިލާފަށް އެމްޑީޕީން މަޖީދީމަގުން ދާން އުޅުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެކަމަށް ހުރަސް އަޅާފައެވެ. މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހުއްޓުވުމުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާދެމެދު ކުރިމަތިލުންތައްވެސް ރޭ ހިނގިއެވެ.
މި މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފައިވާއިރު 6 މީހަކު 15 ދުވަހަށް ބަންދު ކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު