"ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމަކީ ގާނޫނީ ވެރިކަމާ ދެކޮޅަށް ހިންގި ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ސިފަކުރައްވައިފިއެވެ.
ފޭސްބުކް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ އެމްޑީޕީގެ އެ އެއްވުމަކީ ސުލްހަވެރި އިހުތާޖެއްގެ ނަމުގައި ގައުމު ހަލަބޮލިކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
"އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ، މިއީ އެތައް ރައްޔިތުންތަކެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިއުމަށް ހުއްދަދީފައިވާ ހަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށަހަޅައި، އެމްޑީޕީގެ އިސްބޭފުޅުން ގަސްދުގައި ހިންގެވި ފިނޑި އަމަލެއް ކަމަށެވެ. އަދި މިއީ އެމްޑީޕީން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް، ނައިބު ރައީސް ވިދާޅުވިއެވެެ.
ރޭގެ އެއްވުމާ ގުޅިގެން ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ އެމްޑީޕީގެ އެއްވުން ކުށްވެރިކޮށް ގިނަ ޕޯސްޓުތަކެއް ކުރަށްވާފައެވެ.
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއަކީ ފަހުގެ ތާރިޚެއްގައި އެޕާޓީން ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ. ސަރުކާރާއި ދެކޮޅަށް އެތައް ސަތޭކަ ބަޔަކު އެމުޒާހަރާގައި ބައިވެރިވިއިރު މުޒާހަރާގެ ބައިވެރިން ވަނީ ރައީސް މުޢިއްޒުގެ އިސްތިއުފާއަށް ގޮވާލައި ގިނަ ޑިމާންޑްތަކެއް ކޮށްފައެވެ.
އާޓިފިޝަލް ބީޗުން ރޭ ފެށި މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނިކުތްއިރު ފުލުހުން ވަނީ މަޖީދީ މަގަށް ނުވަދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. މުޒާހަރާ ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެއެވެ.
އެމްޑީޕީގެ ރޭގެ އެއްވުމުގެ ތެރެއިން ހަތް މީހަކު ހައްޔަރުކުރިއިރު، އެކަކު ވަނީ ރޭ ޝަރުތުކުރުމަށްފަހު ދޫކޮށްލައިފައެވެ. ބާކީ ތިބި މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު