އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ ރޫޅާލަން ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ސޮނިކް ވެޕަން ބޭނުންކުރި ފުލުހުންގެ އޮފިސަރުގެ މައްސަލަ ބޭރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައި، އެކަމާ ގުޅިގެން އެންޓި-ޓޯޗާ މުއާހަދާގެ ދަށުން ކުރެވެން ހުރި ދައުވާތައް ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ ސޮނިކް ވެޕަން ބޭނުންކޮށްފައެވެ. މިއީ މުޒާހަރާ ކޮންޓްރޯލް ކުރަން އެ އަލާތް ރާއްޖޭގައި ބޭނުންކުރި ފުރަތަމަ ފަހަރު ކަން ފާހަަގަކޮށްލެވެއެެވެ.
ކާރުބާރު ބޮޑު، އާންމުންގެ ގެތަކާއި ފިހާރަތައް ވެސް ގިނަ މަޖީދީމަގުގައި އެލްއާރުއޭޑީ ބޭނުންކުރުމާ ގުޅިގެން ސަރުކާރަށާއި ފުލުހުންނަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އެކަމާ ގުޅިގެން ކުރެވެން ހުރި ދައުވާތަކަކީ ކޮބައިތޯ ބަލަން ދިރާސާ ކުރަމުން އަންނަ ކަން ހާމަކުރައްވާފައެެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ވަކީލުން މިހާރު އެ ދަނީ ބަލަމުން 'ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ޓްރިޓީ'ގެ ދަށުން، އެ ބޭނުންކުރުމާ ގުޅިގެން ކުރެވިދާނެ ދައުވާތަކަކީ ކޮބައިކަން،" ކުރީގެ މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު