އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި ސަރުކާރަށް ކުރި ޑިމާންޑްތަކަށް އިޖާބަ ނުދީފި ނަމަ، އަންނަ މަހުގެ 17 ވަނަ ދުވަހު އަނެއްކާވެސް ބޮޑު މުޒާހަރާއެއް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފި އެވެ.
އެމްޑީޕީ ހަރުގޭގައި ބޭއްވި ގައުމީ މަޖިލީސް ޖަލްސާއަށް އެކަމާ ބެހޭ ގަރާރެއް ހުށައެޅުއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމްއެވެ.
އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި ފަސް ޑިމާންޑެއް ސަރުކާރަށް ވަނީ ކޮށްފައެވެ. އޭގެތެރޭގައި ދައުލަތުގެ ބާރުތައް ހިސޯރުކޮށް ހައްގުތައް ނިގުޅައިގަތުމަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އަނބުރާ އިޔާދަކުރުމާއި ދިވެހިރާއްޖޭގެ މާލީ ސިޔާސަތު ފުނޑާލާ އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުވައި، ޕްރައިވެޓް ސެކްޓާ ކުރިއެރުވުމަށް ހުރަސްއެޅުން ހުއްޓުވުމާއި، ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާދީ ނިންމުން އަދި ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތް ގޮތަށް އިޔާދަކޮށް، ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓުވާލުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނު އުވާލުން ހިމެނެއެވެ. އަދި އާސަންދަ އާއި ބޭސްފަރުވާ، ރައްކާތެރި ބޭސް 17 ނޮވެމްބަރު 2023 އާއި ހަމައަށް އޮތްގޮތަށް ދިވެހިންނަށް ލިބެމުން އައި މިންވަރަށް މިހިނދުން މިހިނދަށް ލިބިދިނުމަށް ވެސް ސަރުކާރަށް ވަނީ ޑިމާންޑްކޮށްފައެވެ.
އެ ޑިމާންޑް ތަކަށް އިޖާބަ ނުދޭނަމަ ސަރުކާރަށް ދެ އަހަރު ފުރޭ އަންނަ ނޮވެމްބަރު މަހު 17 ވަނަ ދުވަހު މުޒާހަރާ އަށް ނިކުތުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
ރޭގެ ގަރާރުގައި ވަނީ ރައީސް މުއިއްޒުގެ ސީދާ އެންގެވުމަށް ރޭގެ މުޒާހަރާގެ ބައިވެރިންނަށް ދިން އަނިޔާތައް ކުށްވެރިކޮށް، ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ހަތް މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.
އޭގެއިތުރުން ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ދިފާއުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްގެންދިޔުމަށް އެމްޑީޕީން ވަނީ އިގްރާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު