ލޭގެ ޕްރެޝަރު މަތިވުމަކީ އޭގެ ސަަބަބުން އިންސާނާއަށް ތަފާތު ގިނަ ސިއްހީ މައްސަލަތަކެއް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ހިތުގެ ލޭނާރުތަކަށާއި ހަށިގަނޑުގެ ގުނަވަންތަކަށް ބާރުބޮޑުވެ، ހާޓް އެޓޭކް، ސްޓްރޯކު، ކިޑްނީ ބަލިތައް އަދި ޑިމެންޝިއާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަން (އޭއެޗްއޭ) އާއި އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ (އޭސީސީ) އިން ވަނީ ދާދި ފަހުން ހައިޕަޓެންޝަންއާ ގުޅޭ އެންމެ ފަހުގެ ދިރާސާތައް މުރާޖާ ކޮށްފައެވެ. އަދި އެ މުރާޖާތަކަށް ފަހު ވަނީ އެމެރިކާގައި ލޭގެ ޕްރެޝަރު ބަލާ ގޮތުގެ އިރުޝާދުތައް އަޕްޑޭޓްކޮށްފައެވެ. އޭއެޗްއޭ އާއި އޭސީސީ އިން ބުނީ މި ބަދަލުތައް ގެނެވިފައި ވަނީ ދޮށީ އުމުރަށް ދާއިރު ހިތުގެ ބަލިތަކާއި ޑިމެންޝިއާގެ ނުރައްކާ އިތުރަށް ކުޑަކުރުމުގެ އަމާޒުގައި ކަމަށެވެ.
މިފަހަރު ގެނައި ބަދަލުތަކުގައި ވަނީ ލޭގެ ޕްރެޝަރު ބަލާ ބެލުމުގެ ހުރިހާ ގިންތިއަކުންވެސް ވަނީ 10 ޕޮއިންޓު ދަށްކޮށްފައެވެ. އެގޮތުން ބަލާއިރު މި ބަދަލުތަކާއެކު މިހާރުގެ ނޯމަލް ބީޕީ އަކީ 110/70 ނުވަތަ އެއަށްވުރެ ދަށެވެ. އަދި އެލެވޭޓުވެފައިވާ ބީޕީ އަކީ 120/80 ކަމުގައި ބަލާއިރު، މިއީ ލޭގެ ޕްރެޝަރަށް ބޭސް ދިނުމަށް ޝަރުޠު ހަމަވާ މިންވަރެވެ. މީގެ އިތުރުން 'ސްޓޭޖް 1 ހައިޕަރޓެންޝަން' އަކީ މިހާރު 130/80 އެވެ. އަދި މިއީ އިތުރަށް ވަރުގަދަ ބޭސް ދިނުމަށް ޝަރުޠު ހަމަވާ މިންވަރެވެ.
ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ މާކެޓިންް ސްޓަންޓެކެވެ. މިއީ އިތުރު މީހުންނަށް ހައިޕަރޓެންޝަން ޑައިގްނޯސްކޮށް، އިތުރު މީހުންނަށް ބޭސް ދިނުމަށް ކުރެވިފައިވާ ކަމެއް ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ. މިގޮތަށް ޕްރެޝަރު ބަލާ މިންވަރު ދަށްކުރުމުގެ ސަބަބުން ހައިޕަޓެންޝަނަށް ޑައިގްނޯސްވާ މީހުން ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ލޭގެ ޮްރެޝަރު ދަށްކުރުމަށް ބޭސްތައް ބޭނުން ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. މިފަދަ ބޭސްތަކުގެ ވަރަށް ގިނަ ސައިޑް އެފެކްޓުތައް ހުރެއެވެ. އޭގެ ތެރޭގައި ހިތުގެ ވިންދު އަވަސްވުމާއި، ހޭނެތުމާއި، ކިޑްނީގެ މައްސަލަތައް ޖެހުމާއި، މޫނު ދުޅަވުމާއި، ހުޅުހުޅުގައި ރިއްސުމާއި، ދާއިމީކޮށް ކެއްސުން ފަދަ ތަފާތު އެކި މައްސަލަތައް ދިމާވެއެވެ.
ވީމާ މިއާ ގައިޑްލައިނުތަކުގެ ދަށުން ލޭގެ ޕްރެޝަރު މަތިކަމުގައި ބުނެ، ބޭސް ފަށަން ބުނިނަމަވެސް، އޭގެ ބަދަލުގައި ކެއުމުގެ އާދަތަކަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް، ލޭގެ ޕްރެޝަރު ދަށްކުރުމަށް މަސައްކަތް ކުރުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު