ފަލަސްތީނަށް އިސްރާއީލުން ބޮން އަޅަނީ-
ފަލަސްތީނަށް އިސްރާއީލުން ބޮން އަޅަނީ-
ފަލަސްތީނުގެ ޣައްޒާއަށް ބޮން އެޅުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގޮވާލުމުންވެސް އިސްރާއީލުން އެކަމާ ޚިލާފުވެ، ހަމަލާތައް ދިނުމުގެ ސަބަބުން ފަލަސްތީނުގެ 70 މީހުން ޝަހީދުވެއްޖެއެވެ.

މިއީ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕު ހުށަހެޅި ޕްލޭންއަށް ހަމާސްއިން އެއްބަސްވެފައިވާ ދަނޑިވަޅެއްގައި އިސްރާއީލުން ހިންގި ނިރުބަވެރި އަމަލެކެވެ.

އިއްޔެ އިސްރާއީލުން ފަލަސްތީނުގެ އެކި ހިސާބުތަކަށް ދިން ބޮމުގެ ހަމަލާތަކާއި ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން މަދުވެގެން 45 މީހުން މަރުވެފައިވަނީ ބަނޑުހައިހޫނުކަމުގެ ތެރޭގައިވާ ޣައްޒާ ސިޓީގައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ފާއިތުވި ހަފްތާތަކުގައި އެ ސަރަޙައްދުތަކަށް ދެމުންގޮސްފައިވާ ހަމަލާތަކާ ގުޅިގެން ގާތްގަނޑަކަށް އެއް މިލިއަން ރައްޔިތުން ޣައްޒާގެ ދެކުނުގެ މީހުން ތޮއްޖެހިފައިވާ ސަރަޙައްދުތަކަށް ފިލައިގެން ގޮސްފައިވެއެވެ.

ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނާގޮތުގައި، ޣައްޒާ ސިޓީގެ ތުއްފާޙް ސަރަޙައްދުގެ ރިހާއިޝީ ގެއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 18 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ. މި ހަމަލާގައި ކައިރީގައި ހުރި އެތައް ޢިމާރާތްތަކެއްވެސް ހަލާކުވެފައިވާކަމަށް ވަނީ ބުނެފައެވެ.

ޓެލެގްރާމްގައި ޙިއްސާކުރެވުނު ބަޔާނެއްގައި ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ މަރުވި މީހުންގެ ތެރޭގައި 2 މަހާއި 8 އަހަރާ ދެމެދުގެ 7 ކުދިން ހިމެނޭ ކަމަށެވެ.

އިސްރާއީލުގެ ބާރުތަކުން ވަނީ ޣައްޒާގެ ދެކުނުގައިވާ އަލް-މަވާސީގައި މީހުން ދިރިއުޅެމުންދާ ކޭމްޕަކަށް އަމާޒުކޮށްވެސް ހަމަލާ ދީފައެވެ. މި ހަމަލާގައި ދެ ކުދިން މަރުވެ، މަދުވެގެން 8 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. މިއީ އިސްރާއީލުން ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއް ކަމުގައި ވީނަމަވެސް ފާއިތުވި ހަފްތާތަކާއި މަސްތަކުގައި މި ސަރަޙައްދަށް ތަކުރާރުކޮށް އިސްރާއީލުން ވަނީ ހަމަލާދީފައެވެ.

ހަމަ މިއާއެކު މެދު ޣައްޒާގެ ނުސައިރާތު ދަނާލުގެ ކޭމްޕް ހިމެނޭގޮތަށް އެހެން ސަރަޙައްދުތަކަށްވެސް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ވަސީލަތްތަކުގެ ދަތިކަމުގެ ސަބަބުން ޒަހަމްވާ ހުރިހާ ފަލަސްތީނު ރައްޔިތުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ނުކުޅެދިފައިވާ ކަމަށެވެ.

އެ އެޖެންސީން އިތުރަށް ބުނީ އިސްރާއީލުގެ އަމަލުތަކުން ދަށްކުވައިދެނީ ހަނގުރާމަ ހުއްޓާލުމުގެ ނިޔަތެއް އިސްރާއީލުން ނުގެންގުޅޭކަން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު