ފުވައްމުލައް ސިޓީ އެއާޕޯޓުގެ ފެންސުމަތިން އަރަންއުޅެ އަދި ސެކިއުރިޓީ މުވައްޒަފަށް ހަމަލާދިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފުވައްމުލަކު އެއާޕޯޓު ފެންސުމަތިން އަރަން އުޅުނު ބަޔަކު ހުއްޓުވަން އުޅުނު އެއާޕޯޓުގެ ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ފަތިހު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހަސަން ހުމާމް މުހައްމަދު (28އ)، އިބްރާހިމް ސިމަން އަހުމަދު (20އ) އަދި ބައްސާމް ސައީދު (29އ) އެވެ. ފުވައްމުލަކަށް ނިސްބަތްވާ އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު