ކޮވިޑް-19ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ދުވަސްވަރު ގޮތެއްފޮތެއް ނުބަލާ މުޒާހަރާކުރި ބަޔަކު މިއަދު ރައްޔިތުންނަށް ހެޔޮ އެދޭ މާތް ބަޔަކަށް ހެދެން ނުޖެހޭ ކަމަށް، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ފިނޭސް މިނިސްޓަރު މޫސާ ޒަމީރު މުޒާހަރާތަކާއި ގުޅިގެން ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން ޙަސަން މިހެން ވިދާޅުވީ އޭނާގެ އެކްސް (ކުރީގެ ޓްވިޓަރ) އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ލޫޓުވައިފި، ނަމުގައި ސަރުކާރާއި ދެކޮޅަށް ވަރަށް ގިނަ އަދަދެއްގެ މީހުންނާއެކު އެމްޑީޕީން ބޭއްވި މުޒާހަރާ އާއި ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މީގެ ކުރިންވެސް އަމަލުކުރަމުންދާ ފަދައިން މުޒާހަރާ ކުރުމަށް ވަކި މަގެއް ކަނޑައަޅައި ހުއްދަ ދީފައި އޮތް ނަމަވެސް، އެމްޑީޕީ ލީޑަރުންގެ އިރުޝާދުގެ ދަށުން އެ މުޒާހަރާގެ ބައިވެރިން ޤާނޫނީ އިރުޝާދުތަކާ ޚިލާފުވެ، މަޖީދީމަގު ބަންދުކޮށް މީހުންގެ ދިރިއުޅުމަށް ދަތިކުރި ކަމަށް ވިދާޅުވެ އެޕާޓީއަށް ފާޑުވިދާޅުވެފައެވެ.
ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ދުވަސްވަރު ގޮތެއްފޮތެއް ނުބަލާ މަގުތަކަށް ނުކުމެ މީހުންގެ ގަޔަށް ކުޅުޖަހަމުން ރައްޔިތުން އެބަލީގެ ނުރައްކަލަށް ގަސްދުގައި ވައްޓާލަމުން ދިޔައީ މިހާރު ސަރުކާރުގައި ތިބި އޭރުގެ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އެހެންކަމުން މިއަދު މުޒާހަރާ އޭ ކިޔައިގެން ރައްޔިތުންނަށް މާ ހެޔޮ އެދޭ މާ މާތް ބަޔެއް ކަމަށް ދެއްކިގެން މި ދައްކާ ވާހަކައިގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށް ޙަސަން ވިދާޅުވިއެެވެ.
ޙަސަން މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް ސާލިޙްގެ ވެރިކަމުގައި ކޮވިޑް ތެރޭގައި މިހާރުގެ ރައީސް ޑރ. މުޢިއްޒު އިސްކޮށް ހުންނަވައިގެން އޭރުގެ ޕީޕިއެމް އާއި ޕީއެންސީ ވަނީ މަޖީދީމަގުގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެމުޒާހަރާ ތަކުގެ ސަބަބުން އާންމުކޮށް އެންމެ ބާރުބޮޑުވާ މާލޭގެ އެންމެ ބޮޑު މަގު މަޖީދީމަގުގެ އާންމު ވިޔަފާރިތަކަށް ހުރަސް އެޅި ގެތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫވެ އާންމު ދަތުރުފަތުރަށް ބުރޫ އެެރުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފައެވެ. އޭގެ ތެރެއިން މުޒާހަރާ ބޭއްވި ރެއަކު ފުލުހެއްގެ ގަޔަށް ހައްޕުޑު ވެސް ޖެހިއެވެ. ކޮވިޑުގެ ނުރައްކަލުގެ ތެރޭގައި އެފަދަ ލާއިންސާނީ އަމަލެއް ހިންގުމުން ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު