މަރްޔަމް ނަހްދާ ވަޙީދު   6 އޮކްޓޯބަރު 2025 - 17:19
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް-
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް-
ރައީސް ޔާމީނަކީ ޤައުމީ އަދި ވަތަނީ ފިކުރުގެ ވެރިޔާ ކަމުގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީ އިން އިންތިޒާމްކޮށްގެން އޮކްޓޯބަރު 3، ގައި ވެރި ރަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ޕީއެންއެފް އިން ބައިވެރިވި ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބޭއްވީ އެމްޑީޕީ އިން އިންތިޒާމު ކުރި މުޒާހަރާއެއް ކަމުގައިވީނަމަވެސް އޭގައި ޕީއެންއެފް އިން ބައިވެރިވީ އެއީ ގައުމީ ކަމެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ ގައުމުގެ ކަންކަން އިސްލާހުކޮށް، ދަައުލަތުގެ އިސްރާފު ކުޑަކޮށް، ޑިމޮކްރެސީ ހަރުދަނާކޮށް، ޖުޑިޝަރީ މިނިވަންކުރަން ކުރާ ކޮންމެ މަސައްކަތެއްގައިވެސް ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފް އަބަދުވެސް އޮންނާނީ ރައްޔިތުންނާ އެކުގައި ކަން ސާބިތުކުރަމުންދާ ކަމަށެވެ.

އަދި ޔާމީނަކީ ގައުމީ ވަތަނީ ފިކުރުގެ ލީޑަރ ކަމުގައިވެސް މަލީހް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް