ރާއްޖޭގެ ޝަރުއީ ނިޒާމު ފެންނަނީ އެއްވެސް ބާރެއް ނެތް، ބާޒެއްގެ ގޮތުގައި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާާޅުވެއްޖެއެވެ.
ރިޒާ މިހެން ވިދާޅުވީ ކޯޓުތަަކަށް ހުށަހަޅާ މައްސަލަތައް ނުނިމި ލަސްވާ މައްސަލަ އާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާކުރަން ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރިޒާ ވިދާޅުވީ މައްސަލަތައް ލަސްވުމަށް މެދުވެރިވާ އެތައް ގިނަ ސަބަބުތަކެއް ވާކަމަަށެވެ. އޭގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އެދިގެން ވެސް އަޑުއެހުންތައް ކެންސަލް ކުރަން ޖެހުމާއި، ތަރުޖަމާނުން ނުލިބިގެން މައްސަލަތައް ފަސްކުރަން ޖެހުމާއި، ދައުވާލިބޭ ފަރާތުން ހެކިން ހާޒިރު ނުކޮށްގެންނާއި، ދައުވާކުރާ ފަރާތުގެ ލިޔެކިޔުންތައް ފުރިހަމަނުވެގެން ފަސްކުރަންޖެހުން ހިމެނޭ ކަމަށެވެ.
އަދި ޕީޖީ އަދި އޭޖީގެ ފަރާތުން ދައުލަތުގެ ވަކީލުން އެދިގެންނާއި، އޭޖީ އޮފީހުން ހަމަޖައްސަންޖެހޭ ވަކީލުން ހަމަނުޖައްސައިގެންނާއި، ކަރެކްޝަނުން ހާޒިރު ކުރަންޖެހޭ ފަރާތްތައް ހާޒިރުު ނުކުރެވިގެންނާއި، ފުލުހުންގެ ފަރާތުން ހާޒިރުކުރަންޖެހޭ ހެކިވެރިން ހާޒިރު ނުކުރެވިގެންނާއި އަދި ވަކީލު ބަދަލުވުމާ ގުޅިގެން އަލަށް އަންނަ ވަކީލު މައްސަލަ ދިރާސާކުރަން އެދިގެންވެސް މައްސަލަތައް ފަސްކުރަން ޖެހޭ ކަމަށް ރިޒާ ވިދާޅުވިއެވެ.
މީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުން އޮންލައިންކޮށް ގެންދާ މައްސަލަތަކުގައި ކުރިމިނަލް ކޯޓު، ސިވިލް ކޯޓު، ފަދަ ތަންތަނުގައި ކަނޑަައަޅާ ގަޑިއަށް ޖާގަ ނުލިބުމާއި، ގިނަ ހަސްމުންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގައި، ތިން ހަތަރު ވަކީލުން ހިމެނޭ އިރު، އެތަނުން އެންމެ ވަކީލަކު ހާޒިރުނުވެެގެން ޝަރީއަތް ކެންސަލްކުރަންޖެހޭ ހާލަތު ދިމާވާ ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު ކޯޓުތަކަށް އެކަށީގެންވާ މުވައްޒަފުން ނުލިބުމަކީވެސް ބޮޑު މައްސަލައެއްކަމަށް ފާހަގަކުރަމުން ރިޒާ ވިދާޅުވީ މި މައްސަލަ ދިމާވަނީ އެކަށީގެންވާ މުސާރައާއި އިނާޔަތްތައް ނުލިބޭތީ ކަމަށެވެ. އެގޮތުން ކޯޓުތަކުގެ މުވައްޒަފުބްގެ މުސާރަ 2008 ގެ ފަހުން އެއްގޮތަކަށްވެސް ބޮޑު ނުވާކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އާއި އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ އޮފީސް) އާއި ދިވެހި ފުލުހުންގެ ހިދުމަތާއި، ކަރެކްޝަނަލް ސާވިސްއަކީ ޝަރުއީ ދާއިރާއަށްވުރެ ރަނގަޅަށް މުސާރައިގެ އޮނިގަނޑު އޮތް ތަންތަންކަން ފާހަގަކުރައްވަމުން ރިޒާ ވިދާޅުވީ، ޖުޑިޝަރީއަކީ ދައުލަތުގެ ތިން ބާރުން ކުރެ އެއްބާރަށްވީއިރު ޝަރުއީ ދާއިރާ ފެންނަނީ އެއްވެސް ބާރެއް ނެތް ބާޒެއްގެ ގޮތުގައި، ހަރަކާތްތެރިވަމުންދާ މަންޒަރު ކަމަށެވެ. އެއީ އެކަން އޮންނަންޖެހޭ ގޮތް ނޫން ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު