ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް ޕިކްނިކް ދިޔުމަށް ޚާއްސަ ރަށެއްގެ ގޮތުގައި ތަރައްޤީކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އދ. މާމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ރަށްތައް ތަރައްޤީކޮށް ހިންގާނީ ސަރުކާރުން ކަމާބެހޭ އުސޫލުތަކުގެ ތެރެއިން، ކަމާބެހޭ ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކަމަށެވެ. މީގެ މަޤްސަދަކީ، އާއިލާތަކާއި ކުޑަކުދިންނަށް ވެސް އަދި ފަތުރުވެރިންނަށް ވެސް ބޭނުންކުރެވޭނެ ގޮތަކަށް، ދެ ބޭނުމަށް ވެސް ހިފޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ރަނގަޅަށް ތަރައްޤީކުރެވިފައިވާ ޕިކްނިކް އައިލެންޑްތަކެއް ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މި ރަށްތައް މެނޭޖުކުރާނެ ގޮތާ ބެހޭ ގޮތުން ރައީސް މުޢިއްޒު އިޝާރާތްކުރެއްވީ، ހަފުތާގެ ބައެއް ދުވަސްތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް، ފަތުރުވެރިންނާ އެކު ދަތުރުކުރުމަށް ބޭނުންކުރެވޭނެ ގޮތަށެވެ. އަނެއް ދުވަސްތަކުގައި އާއިލާތަކާއި ކުޑަކުދިންނާ އެންމެންނަށް ބޭނުންކުރެވޭނެ ގޮތަށް، މިކަހަލަ އުސޫލަކުން ބޭނުންކުރެވޭ ގޮތަށް ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތަށް ރަނގަޅަށް ތަރައްޤީކޮށްދިނުމުގެ ޕޭޕަރެއް މިހާރު ތައްޔާރުކުރެވި، ކެބިނެޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ދެ ހަފުތާގެ ތެރޭގައި މި ޕޭޕަރު ކެބިނެޓަށް ހުށަހެޅި، އެ އޮންނާނެ ރަށްތަކުގެ ނަންތަކާ އެކީ އެކަން ރަސްމީކުރެވޭނެ ކަމަށެވެ. މި އަތޮޅު (އދ. އަތޮޅު) ވެސް އޭގެތެރެއިން ހިމެނޭނެ ކަމަށާއި، ދެން ހުރި ހުރިހާ އަތޮޅެއް ވެސް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިފަދަ މަޝްރޫޢެއް ކުރިއަށް ގެންދަވަނީ، ރާއްޖޭގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން އައި ކަމަކަށް ވާތީ ކަމަށެވެ. އެގޮތުން ގިނަ ރަށްތަކުން އާއިލާތައް ގޮވައިގެން ދަތުރުދާނެ ތަނެއް ނެތް ވާހަކައާއި، އަދި ފަތުރުވެރިން ގޮވައިގެން ދާނެ ތަނެއް ނެތް ވާހަކަ ޝަކުވާ އެއްގެ ގޮތުގައި އެމަނިކުފާނުގެ އަރިހަށް އައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު