ރައީސް ޑރ.މުޙައްމަދު މުޢިއްޒަކީ ވޯޓު ހޯދަން ރައްޔިތުންނަށް އިތުރުފުޅު ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
އދ. އަތޮޅަށް ރައީސް މުޢިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ގުޅޭގޮތުން ދައްކާ ހަޤީޤަތާއި ހިލާފު ވާހަކަތައް ގަބޫލުކުރަން ހެޔޮނުވާނެ ކަމަށެވެ. އަދި އެވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން ދައްކާ ވާހަކަތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
"އޮޕްޒިޝަން އޭކިޔައިގެން ދައްކަމުން ގެންދާ ހުރިހާ ވާހަކަތައް ހެޔޮނުވާނެ ގަބޫލުކުރަން. މި ޤައުމު ހަލާކުގެ ތެރެއަށް ވައްޓައިލަން ފިތުނަފަސާދަ އުފައްދަން ދައްކާ އެއްވެސް ވާހަކައަކަށް ތިޔަބޭފުޅުން އެއްގޮތަކަށް ވެސް ޖަވާބު ނުދެއްވާށޭ އަޅުގަނޑު ދަންނަވަން." ޤާސިމް ވިދާޅުވިއެެވެ.
މީގެ އިތުރުން ޤާސިމް ވިދާޅުވީ ރައީސް މުޢިއްޒު އިސްލާމްދީނުގެ އަސާސްތަކާ އެއްގޮތަށް ޤާނޫނުތައް އިޞްލާޙު ކުރައްވަން ޖެހޭ ކަމަށެވެ. އަދި ޤައުމު ހަމަ މަގަށް އެޅުވުމަށް ރައީސް މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ މަނިކުފާނުގެ ސާބިތުކަމާއެކު ކުރިއަށް ދިއުމަށް ސަލާމަތީ ބާރުތަކާއި ކެބިނެޓް މެންބަރުން ވެސް އެއްބާރުލުން ދޭންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.
"މި ޤައުމު ސަލާމަތް ކޮށްދިނުމުގެ ޒިންމާ ހުސްއެކަނި އޮތީކީ ރައީސް މުޢިއްޒުގެ އިސްތަށިފުޅުގައެއް ނޫން. ތިޔަ ބޭފުޅުން ހަމަ އޭގެ ޒިންމާވާންޖެހޭ. މާތްﷲ ގަންދީ ހުވާކޮށްގެން ތިޔަ ތިބީ. އަޅުގަނޑު ވެސް އޭގެތެރޭގައި ހިމެނިގެން އަޅުގަނޑު މި ދަންނަވަނީ،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ރައީސް މުޢިއްޒަކީ ވޯޓު ހޯއްދެވުމަށް އިތުރުފުޅު ހައްދަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ އިޚްލާޞްތެރި ނިޔަތް ހުރި ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުތަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން އޮތީ ގައުމު ދަރުވާލާފައި ކަމަށެވެ. އެކިއެކި ނަންނަމުގައި ދަރަނި ނަގަމުން ނަގަމުން ގޮސް އޮތީ ބަނގުރޫޓުވާ ހިސާބުގައި ކަމަށް ޤާސިމް ވިދާޅުވިއެވެ.
"ސުކޫކާއި ބުސޫކު ނެގީ، ލޯނާއި ބޯނާ ނެގީ، ބޮންޑާއި ސޮންޑާ ނެގީ،" ޤާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި އެކިއެކި ނަންނަމުގައި ފާއިތުވި ހުރިހާ ސަރުކާރަކުން ވެސް ނަގަމުން އައި ލޯންތަކުގެ ސަބަބުން ގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެ ކަންކަމުން ގައުމު ސަލާމަތްކޮށްދޭން ރައީސް މުއިއްޒު ކޮށްދެއްވަނީ އެހެން ހުރިހާ ރައީސުން ކުރެއްވި ވަރަށްވުރެ އިޚުލާސްތެރި މަސައްކަތެއް ކަމަށް ވިދާޅުވެ ޤާސިމް ވަނީ ރައީސް އަށް ތައުރީފް ކުރައްވާފައެެވެ.
މި ޖަލްސާގައި ޤާސިމް އިބްރާހިމްގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު