ދިވެހި ފުލުހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ބިރުދެއްކުމަށް ސިޔާސީ ފަރާތްތަކުން ހިންގަނީ ފިނޑި އަމަލުތަކެއް ކަަމަށް ވިދާޅުވެ އެކަން ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާން ކުށްވެރިކުރައްވައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ސަރުކާރާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ބައެއް ފުލުހުންގެ ވަނަވަރާއި އެފަރާތްތަކުގެ ޒާތީ މައުލޫމާތާއި ފޮޓޯ އާންމުކޮށް ޝޯޝަލް މީޑިޔާގައި ގެންދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެމްޑީޕީގެ މުޒާހަރާގައި ބާރުއަޑެއް ފޮނުވާ ހަތިޔާރު ހިފަހައްޓައިގެން ހުރި އޮފިސަރުގެ ފޮޓޯ އާންމުކޮށް، އެ އޮފިސަރަށް ފާޑުކިޔާ ސޯޝަލް މީޑިއާގައި އެ އޮފިސަރާ ގުޅޭ ޒާތީ މައުލޫމާތުތަކެއް ވެސް ވަނީ އާންމުކޮށްފައެވެ. ފުލުހުންގެ ވަކިވަކި އޮފިސަރުންނަށް ބިރު ހީވާ ގޮތަށް ސޯޝަލްމީޑިއާގައި އަމަލެއް ހިންގައިފިނަމަ، އެފަދަ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެެވެ. ފުލުހުން ރޭ ނެރުނު ބަޔާން އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރައްވައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިޙްސާން ވިދާޅުވީ، ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅުމަށް ނުވަތަ ފުލުހުން ޤާނޫނީ ވާޖިބު އަދާކުރާގޮތާމެދު ނުރުހުންވެ، ފުލުހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ބިރުދެއްކުމުގެ ނިޔަތުގައި ސިޔާސީ ފަރާތްތަކުން ހިންގާ މިފަދަ އަމަލުތަކަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ސިޔާސީ ފަރާތްތަކުން ހިންގާ ފިނޑި އަމަލުތަކެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެެވެ.
"މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނުގައި އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އެޅިގެން ދާނެ،" މިނިސްޓަރ އިޙްސާން ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިޙްސާން ވިދާޅުވީ ފުލުހުން ވާޖިބު އަދާކުރާ ގޮތާމެދު ޚިޔާލު ތަފާތުވާ ހާލަތުގައި ޤާނޫނީ އިމުގެ ތެރެއިން އެކަންކަން ބެލެން އޮންނާނެ ކަމަށެވެ. ނަމަވެސް، އޭގެ ބޭރުން ފުލުހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް ބިރުދެއްކުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އިޙްސާން ވިދާޅުވިއެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އޮފިސަރުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމަަށެވެ. އެގޮތުން ގާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ އަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ އަމަލަކުން ހުއްޓުވަން މަސައްކަތްކުރިނަމަވެސް، ގާނޫނީގޮތުން ފިޔަވަޅު އެޅޭނެކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު