ކުނބުރުދޫ
ކުނބުރުދޫ
އދ. ފޮފަޅަގައު ފަޅަކީ، ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހި ކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެއުމުގެ ގޮތުން އދ. ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

މިއާއެކު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 އަށް އިޞްލާޙު ގެނަސް، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަ ކޮށްފައި ކަމަށް ރައީސް އޮފީން ވަނީ ބުނެފައެވެ.

އދ. ފޮފަޅަގައު ފަޅަކީ، ކުނބުރުދޫގެ ބައެއް ކަމުގައި ހިމަނައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓަށް މިއަދު ބަދަލު ގެނެސްފައި ވާއިރު، ރައީސް އިއްޔެ ވަނީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު