މާލޭގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައިވާ ހަ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްޔަރުކުރެވިފައިވާ މި މީހުން ކެއުން ހުއްޓާލީ، ބަންދުގައި ތިބި އިރުވެސް އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބޭތީއާއި، އެމީހުންނާ ބެހޭ ތަޙްޤީޤުތައް ލަސްވަމުންދާތީ ކަމަށެވެ. މިއީ އެމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ފައްޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
ފައްޔާޒު ވަނީ ހައްޔަރުކުރެވިފައިވާ މި ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ ބާރުތަކުގެ ވެރިންނަށް ގޮވައިލައްވާ، އިލްތިމާސްކުރައްވާފައެވެ.
އެމްޑީޕީން މިދިޔަ ހުކުރު ލޫޓުވައިފި، ލޫޓުވައިފި ނަމުގައި ސަރުކާރާއި ދެކޮޅަށް ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ޖަމާވެ، މަޖީދީ މަގުން ހިނގާފައި ދާން ދިމާކުރުމުން، ރަޔަޓު ގިޔަރުގައި ފުލުހުން ނުކުމެ ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ އާއި ސޮނިކް ވެޕަން ބޭނުންކޮށް މުޒާހަރާ ރޫޅާލައި އޭގެ ތެެރެއިން 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކު ދޫކޮށްލައި ބާކީ ތިބި 6 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު