އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކޮށް، ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކޮށްފައިވާ ހަ މީހުން ކުރަމުން އަންނަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު މޮނިޓާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކޮށްދޫނިދޫގައި ބަންދުގައި މިހާރު ތިބި ހަ މީހުން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފެށީ އެމީހުންނަށް ބޭނުންވާ ބޭސް ފަރުވާ ނުލިބި، ތަހުގީގު ދިގުލައިގެން ދާ ކަމަށް ބުނެއެެވެ. އެމްޑީޕީގެ ޗެއާޕާސަން ފަައްޔާޒު އިސްމާޢިލް ވިދާޅުވީ އެ ކަންބޮޑުވުންތަކާ ގުޅިގެން އެ ހަ މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައިވާ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި ހަ މީހުންނަކީ ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله އާއި
ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފާއި
މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހް އަދި އަޒީމް އަލީގެ އިތުރުން އެމްޑީޕީގެ ނިމިދިޔަ ދައުރުގައި ރައީސް އޮފީހުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް އަލީ ޖުމާން އަދި ޙަސަން ޝާކިރެވެ. އެމީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މުއައްސަސާގެ ބަންދުގައި ތިބި ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާތީ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން އެ މީހުން މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ މައުލޫމާތު އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު