ދިވެހިންގެ މެދުގައި އަލުން އިޙްތިރާމް އަދި އެކުވެރިކަން އަށަގެންނެވުމުގެ ބޮޑު މަޝްރޫޢެއް އަންނަ އަހަރު ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިރޭ އިއުލާން ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ އދ. މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ކުރީގައި އެކަކު އަނެކަކަށް ވަރަށް ލޯތްބާއި ކުލުނާއެކީގައި ހިނިތުންވުމާއެކީގައި އަޅައިލައި އުޅުނު ކަމަށާއި، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމާއި ގާތް ގުޅުން މިއީ ފަޚުރުވެރިކަމާއެކީގައި ބަލައިގަންނަ ކަމެއް ކަމަށެވެ. އެހެންނަމަވެސް، މީގެ އެތައް އަހަރެއް ކުރިން ސިޔާސީ އޮއިވަރެއްގެ ތެރެއަށް ގައުމު ވަދެގެން ދިޔަފަހުން، މިހާރު މި އޮތީ އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުން ވަރަށް ބޮޑަށް ނެތިފައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިކަން ބަދަލުކޮށް، ކުރީގައި އޮތް ގޮތަށް އެކުވެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ.
"އަޅުގަނޑު ހިތުން ހުރިހާ ރައްޔިތުން ޙަޤީޤަތުގައި ބޭނުންވާކަން ރެސްޕެކްޓް ކުރަން. އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރަން، ސަރުކާރުން ބޭނުންވަނީ އަންނަ އަހަރުގެ ތެރޭގައި މި ކަން ފަށަން، މިއީ އަތްލެވޭ މަޝްރޫޢެއް ނޫން، ބިޔަ މަޝްރޫޢެއްގެ ގޮތުގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް، ރެސްޕެކްޓް ކެމްޕޭނެއް މިއީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ ހުރިހާ ރައްޔިތުންނަށާއި، ކަމާބެހޭ ހުރިހާ މުއައްސަސާތަކަށާއި، ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކަށާއި، ހުރިހާ އެންޖީއޯތަކަށާއި، ސިޔާސީ ޕާޓީތަކަށް މި ކެމްޕޭނުގައި ބައިވެރިވުމަށް، ގޮވައިލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، މި ހުރިހާ ފަރާތްތަކެއް ބައިވެރިވެގެން، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ އާދަ އަނބުރާ ގެނެސް، ދިވެހިންގެ ތެރޭގައި ކުރީގައި އޮތް ގުޅުން އަނބުރާ އާލާކުރަންޖެހޭ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ އިޙްތިރާމް އަދާކުރަންޖެހޭ ތަންތަނުގެ މިސާލުތައް ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، އަވަށްޓެރިންނަށް އިޙްތިރާމް އަދާކުރުމާއި، މައިންބަފައިންނަށް އިޙްތިރާމް އަދާކުރުމާއި، ދުވަސްވީ މީހުންނަށް އިޙްތިރާމް އަދާކުރުމާއި، ކްލާސްރޫމްތަކުގެ ޓީޗަރުންނަށް އިޙްތިރާމް އަދާކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހެން ގޮސް، މުޅި ގައުމުގައި މުޖުތަމަޢުގެ ހުރިހާ ފެންވަރެއްގައި އިޙްތިރާމް އަނބުރާ އަންނަންޖެހޭ ކަމަށާއި، މިފަދަ ކެމްޕޭނެއް ސަރުކާރުން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު