އިސްލާމިކް މިނިސްޓްރީގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިނިސްޓަރު ޝަހީމް އެކްސް (ކުރިން ޓްވިޓަރ) އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ އެ ވުޒާރާއަކީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރާ ވުޒާރާކަމަށެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީގެ މަޤާމުތަކުގައި ތިބޭ ފަރާތްތައް އަމިއްލަ އުމްރާކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭނެ ގޮތް ހެދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު