ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް އިސްލާހުކޮށް، "ދިވެހިންނަށް ފަހިވާގޮތަށް" އާ އުސޫލު އިކޮނޮމިކް މިނިސްޓްރީން މިއަދު ގެޒެޓުކޮށްފިއެވެ.
އިކޮންމިކް މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނުގައި ބުނެފައިވަނީ ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ތަސްދީގުކޮށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމެންޓް ޤާނޫނުގެ ދަށުން ކަމަށެވެ. ވަޒީރުންގެ މަޖިލީހުން ފާސްކުރި މި އިސްލާހުތައް ގެނެސްފައިވަނީ ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިގްތިސޯދީ ސިނާއަތްތައް ދިވެހި ވިޔަފާރިވެރިންނަށް، އަދި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އިންވެސްޓްކުރުމަށް ލިބޭ ގޮތަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
އިކޮންމިކް މިނިސްޓްރީން ބުނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރެވޭނެ ދާއިރާތައް އިސްލާހުކުރުމުގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާނެ އަސަރާއި އެތެރޭގެ މާކެޓުގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިވެރިން ހަރަކާތްތެރިވާ މިންވަރަށާއި އެ ދާއިރާއެއްގައި ބޭރުގެ އިންވެސްޓްމަންޓާއި ތަޖުރިބާ ބޭނުންވާ މިންވަރަށާއި، އިންވެސްޓްމެންޓްގެ ސަބަބުން އަންނާނެ ކުރިއެރުންތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ.
މި އިސްލާހުތައް ގެޒެޓްކުރާ ދުވަހުން ފެށިގެން، ކުރިން ދީފައިވާ ހުއްދަތަކެއްގެ ދަށުން ރާއްޖޭގައި ބޭރުގެ ކުންފުނިތަކުން ހިންގަމުންދާ ބައެއް ވިޔަފާރި ދާއިރާތައް ވިޔަފާރިކުރުން މަނާ ދާއިރާތަކެއްގެ ގޮތުގައި ކަނޑައެޅި، އަދި ބައެއް ދާއިރާތައް ޖޮއިންޓް ވެންޗާ އުސޫލުން ނުވަތަ ކަނޑައެޅިފައިވާ ވަކި ޝެއާހޯލްޑިން ޝަރުތުތަކެއް ފުރިހަމަވެގެން ނޫނީ ހަރަކާތްތެރިނުވެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިކޮންމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އެފަދަ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބޭރުގެ ވިޔަފާރިތަކަށް ޓްރާންސިޝަނަލް މުއްދަތެއްދީ، އާ އިސްލާހުތަކާ އެއްގޮތަށް އަމަލުކުރަން ފުރުސަތު ދެވިގެންދާނެއެވެ.
މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ބޭރުގެ އިންވެސްޓަރުން އިންވެސްޓްކުރުން މަނާ ދާއިރާތަކުގެ ތެރޭގައި 20 ދާއިރާ އެއް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު