މަރްޔަމް ނަހްދާ ވަޙީދު   9 އޮކްޓޯބަރު 2025 - 10:43
ކިޑްނީގެ މޮޑެލްއެއް-
ކިޑްނީގެ މޮޑެލްއެއް-
މީހާގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން ކިޑްނީ އަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. ކިޑްނީގެ މައިގަނޑު މަސައްކަތަކީ ހަށިގަނޑުން ބޭރުކުރަންޖެހޭ ތަކެތި ފިލްޓަރުކޮށް، ލޭ ސާފުކުރުމެވެ. ކިޑްނީގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށްޓަކައި، ކެއުމުގެ އާދަތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ބައެއް ކާނާގެ ބާވަތްތަކުގައި ހިމެނޭ ހާއްސަ މާއްދާތަކުގެ ސަބަބުން ކިޑްނީއަށް ފައިދާ ކުރެއެވެ.

މިފަހަރު މި ހިމަނާލަނީ އެފަދަ ބައެއް "ސުޕަފުޑް" ތަކެވެ.

ކިޑްނީއަށް އެންމެ ފައިދާހުރި ސުޕަފުޑްތަކުގެ ތެރޭގައި މޭވާގެ ބާވަތްތައް، ހާއްސަކޮށް "ބެރީސް" ހިމެނެއެވެ. ބްލޫބެރީ، ސްޓްރޯބެރީ، ރެސްބެރީ، އަދި ކްރެންބެރީ ފަދަ ބެރީސް އެންޓިއޮކްސިޑެންޓްސް ގިނައިން އެކުލެވޭ ބާވަތްތަކެކެވެ. މި އެންޓިއޮކްސިޑެންޓްސްތަކުން ހަށިގަނޑުގައި ހިމެނޭ "ފްރީ ރެޑިކަލްސް"ގެ ސަބަބުން ގުނަވަންތަކަށް ލިބޭ ގެއްލުންތައް ކުޑަކޮށްދެއެވެ. އަދި މިތަކެތީގައި ހިމެނޭ ވިޓަމިން ސީ އާއި ފައިބަރުގެ ސަބަބުން ކިޑްނީގެ މަސައްކަތް ރަނގަޅުކޮށް، ކިޑްނީގައި ހިލަ އުފެދުން ހުއްޓުވުމަށް އެހީތެރިވެދެއެވެ.

ކެބެޖަކީވެސް ކިޑްނީގެ ސިއްހަތ ރަނގަޅުކުރުމަށް އެހީވެދޭ ތަރުކާރީއެކެވެ. މިއީ ގިނަ އަދަދަކަށް ނިއުޓްރިއެންޓުތައް ހިމެނޭ ތަރުކާރީގެ ބާވަތަކަށްވީއިރު މީގައި ޕޮޓޭސިއަމް އާއި ސޯޑިއަމް މަދުވެފައި، ގިނަ އަދަދަކަށް ފައިބާ އަދި ވިޓަމިން ސީ އާއި ކޭ ހިމެނެއެވެ. އަދި ހަމައެއާއެކު މިއީ ވަރަށް ގިނަ ގޮތްގޮތަށް ތައްޔާރުކޮށް ބޭނުން ކުރެވޭނެ ތަރުކާރީއެކެވެ. މި ކެއުމުން ކިޑްނީގެ ސިއްހަތު ރަނގަޅުވެ ކިޑްނީގެ މަސައްކަތްތައްވެސް އިތުރަށް ފުރިހަމަ ވެއެވެ.

ސަރުބީ ގިނަ މަހުގެ ބާވަތްތަކަކީވެސް ކިޑްނީގެ ސިއްހަތަށް ރަނގަޅު ކާނާގެ ބާވަތްތަކެވެ. (މިސާލަކަށް ސަލްމަަން، ޓޫނާ، އަދި މެކެރަލްފަދަ މަސްތައް) މިފަދަ މަސްތަކުގައި "އޯމެގާ-3 ފެޓީ އެސިޑްސް" ގިނައަދަދަކަށް ހުރެއެވެ. މިފެޓީ އެސިޑްސްތަކަކީ ހަށިގަނޑުގައި އިންފްލެމޭޝަން ނުވަތަ ދުޅަވުން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. އިންފްލެމޭޝަން ކުޑަވުމަކީ ކިޑްނީގެ ސިއްހަތަށް ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ގިނަ ދުވަހަށް ދިގުދެމިގެންދާ އިންފްލެމޭޝަންގެ ސަބަބުން ކިޑްނީއަށް ގެއްލުންވެ، ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެން ދާތީއެވެ.

ޒައިތޫނި ތެލަކީވެސް ކިޑްނީގެ ސިއްހަތަށް ވަރަށް ފައިދާހުރި ބާވަތެކެވެ. މިއީ "މޮނޯއަންސެޗުރޭޓެޑް ފެޓްސް" އިން މުއްސަނދި ތެލެކެވެ. މިފަދަ ހެޔޮ ސަރުބީތަކަކީ ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ތަކެއްޗެކެވެ. މީގެ އިތުރުން ޒައިތޫނި ތެލުގައި އެންޓިއޮކްސިޑެންޓްސްވެސް ގިނައަދަދަކަށް ހުރެއެވެ. ކިޑްނީގެ ސިއްހަތު ރަނގަޅުކުރުމަށް ކެއުމުގައި ހެޔޮ ސަރުބީތައް ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް