ކުރިއާ ހިލާފަށް އަލަށް ފާސްކޮށް އަމަލުކުރަންފެށި ފޮރިން އިންވެސްޓްމެންޓު ޤާނޫނުގައި ގިނަ ދާއިރާތަކެއް ދިވެހިންނަށް ހާއްސަކުރެވިފައި ވާނޭ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މި ޤާނޫނަށް 3 ސެޕްޓެމްބަރު 2024 ގައި އަމަލު ކުރަން ފަށާފައުވާއިރު، ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓު ކުރެވޭނެ ދާއިރާތަކާއި، އިންވެސްޓު ނުކުރެވޭ ދާއިރާތަކާއި، ވަކި ޝަރުޠުތަކަކާއެކު އިންވެސްޓުކުރެވޭނޭ ދާއިރާތައް ކަޑައަޅައި އިއްޔެ ވަނީ އެކަން ގެޒެޓުގައި އާންމުކޮށްފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ސައީދު ވިދާޅުވީ ދިވެހިންނަށްހުރި ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވާ، އަދި އެމަނިކުފާނުގެ މެނިފެސްޓޯގެ ވަޢުދެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ފޮރިންއިންވެސްޓްމަންޓު ޤާނޫނެއް ރާއްޖޭގައި ފުރަތަމަފަހަރަށް ފާސްކޮށްފައިވަނީ 1979 ވަނަ އަހަރު ކަމަށެވެ. އަދި 45 އަހަރުގެ ދިގުމުށްދަތަކަށްފަހު، އަލަށް ފާސްކުރި ފޮރިންއިންވެސްޓްމަންޓް ޤާނޫނު، 3 ސެޕްޓެމްބަރު 2024 ގައި ތަންފީޒުކުރަން ފަށާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަލަށް ތަންފީޒުކުރަން ފެށި ޤާނޫނަށް ޢަމަލުކުރާއިރު އެކުލަވާލަންޖެހޭ އުސޫލާއި، ބޭރުގެފަރާތްތައް ހަރަކާތްތެރިވާނޭ ދާއިރާތައް ކަނޑައެޅުމުގައި، ފުޅާދާއިރާއެއްގައި އެކި ސިނާއަތްތަކުގެ ޚިޔާލާއި ވިސްނުން ހޯދާފައި ވާނެކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މި ޤާނޫނުގެ ދަށުން އަދި ކުރިއާއި ޚިލާފަށް ގިނަދާއިރާތަކެއް ދިވެހީންނަށް ޚާއްސަކުރެވިފައިވާނެ ކަމަށާއި، ހަމައެއާއެކު ރާއްޖޭގައި އިންވެސްޓުކުރާފަރާތްތަކަށް ލިބިދޭ ރައްކާތެރިކަމާއި، ހިފަހައްޓަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ބެލިފައިވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު