ކަންކަން ކޮންޓްރޯލުން ނެއްޓުމުގެ ކުރިން އިސްލާހުގެ މަގަށް ވާސިލްވުމަށް ކުރީގެ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ސަވާދު މިހެން ވިދާޅުވީ ސަރުކާރުން ބިރުދައްކައި އަނިޔާވެރިކަން ދައްކައިގެން ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ އެކަމަށް ފާޑުވިދާޅުވެ ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ސަވާދު ވިދާޅުވީ ސަރުކާރަށް މަޖިލީހުގައި ސުޕަރ މެޖޯރިޯރިޓީ ލިބިފައި އޮތް ނަމަވެސް، ފެތުރެމުންދާ ކޮރަޕްޝަނާއި، ޤާނޫނުގެ ވެރިކަމަށް ދެވޭ އިހުމާލާއި، ބޮޑާވެ ހުރިހާ އެއްޗެއް އެނގޭކަމަށް ދައްކައިގެން ރޭވިފައިވާ ނުރަނގަޅު ސިޔާސަތުތައް މިހާރު މަސައްކަތް ނުކުރާ ކަމަށެވެ.
އަދި ހުރިހާ ޕާޓީތަކާއި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ރައްޔިތުންގެ ފަރާތުން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް، ދެކޮޅުވެރިކަމުގެ ރާޅެއް އުފެދެމުންދާކަން ސަރުކާރުން ގަބޫލުކުރަން ޖެހޭ ވަގުތު މިހާރު މިވަނީ ޖެހިފައި ކަމަށް ސަވާދު ވަނީ ވިދާޅުވެފައެވެ.
ބިރުދެއްކުމާއި އަނިޔާވެރި ގޮތްތަކުން ރައްޔިތުން މަޑުޖައްސާލުމުގެ ބަދަލުގައި ރައްޔިތުންގެ އަޑު އައްސަވައި، މައައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ނުކުރަނީ ކީއްތޯ ވިދާޅުވެ ސަވާދު ވަނީ ސުވާލު ކުރައްވާފަައެވެ.
ސަވާދު ވިދާޅުވީ އޮޅުންބޮޅުންވެފައި ޔޫ-ޓާން ޖަހަމުން ދިއުން ސަރުކާރުން މިހާރު ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ކަންތައްތައް ކޮންޓްރޯލުން ދިއުމުގެ ކުރިން ރަނގަޅު ކުރަން ޖެހޭ ކަމަށް ސަވާދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު