މާފަންނު ބޮޑުގެ މިސްކިތް-
މާފަންނު ބޮޑުގެ މިސްކިތް-
މާފަންނު ބޮޑުގެ މިސްކިތް ތަޅާލައި އެތަނުގައި ޒަމާނީ ރީތި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވީ މާފަންނު ބޮޑުގެ މިސްކިތް އޮކްޓޯބަރ 17 ވަނަ ދުވަހު ހުކުރު ނަމާދުގެ ފަހުން ބަންދު ކުރާނެ ކަމަށެވެ.

އެއަށް ފަހު، އެތަނުގައިވާ ވަގުތީ މިސްކިތް ތަޅާލުމުގެ މަސައްކަތް ފަށާނެ ކަަމަށް ވަނީ ވިދާޅުވެފައެވެ.

އެތަން ތަޅާލުމަށްފަހު ނޮވެމްބަރު 4 ވަނަ ދުވަހު އެތަނުގައި އާ ޒަމާނީ މިސްކަތިގެ ބިންގާ އަޅާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާފަންނު ބޮޑުގެ މިސްކިތް ހުރި ބިމުގައި މިހާރު ހުރީ ވަގުތީ މިސްކިތެކެވެ. ވަގުތީ މިސްކިތެއްގެ ގޮތުގައި އެތަން ބޭނުންކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.



ކިޔުންތެރިންގެ ހިޔާލު