ފަލަސްތީނުގެ ރައްޔިތުން އުފާ ފާޅުކުރަނީ-
ފަލަސްތީނުގެ ރައްޔިތުން އުފާ ފާޅުކުރަނީ-
ފަލަސްތީނުގެ ޣައްޒާގައި ފާއިތުވި 2 އަހަރުއްސުރެ އިސްރާއީލުން ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލި އެއްބަސްވުމަށް އަމަލު ކުރަން ފަށައިފިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ހުށަހަޅާފައިވާ ޕީސް ޕްލޭނަށް އެއްބަސްވެ އަމަލުކުރަން ވަނީ ފަށާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީސް މީޑިއާ މެދުވެރިކޮށް ވިދާޅުވީ އިސްރާއީލާއި ހަމާސް އިން ހަނގުރާމަ ހުއްޓާލައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށާއި ޕީސް ޕްލޭންގެ ފުރަތަމަ ފޭސްގެ ކަންކަން ކުރަން ފަށާފައިވާ ކަމަށެވެ.

މި ޕްލޭންގައި ވާގޮތުން ހަމާސް އާއި އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް ފުރަތަމަ ފޭސްގައި ކުރަން ޖެހޭ ކަންކަން ވަކި ގަޑިތަކެއްގެ ތެރޭގައި ފުރިހަމަކުރަން ޖެހޭނެއެވެ. އެގޮތުން އިސްރާއީލުގެ ޖަލުތަކުގައި ވާ ފަލަސްތީނުގެ އާންމުން މިނިވަން ކުރުމުގެ އިތުރުން ހަމާސް އިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުންވެސް މިނިވަން ކުރަން ޖެހެއެވެ.

އެއްބަސްވުމުގައި ވާގޮތުން އިސްރާއީލުގެ ސިފައިންވެސް ޣައްޒާއިން ފައިބަން ޖެހޭނެއެވެ.

އެމެރިކާއިން ހުށަހެޅި މި ޕީސް ޕްލޭންގެ މެދުވެރިޔަކަށް މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވަނީވެފައެވެ. އެގޮތުން ގަތަރުން ވަނީ މެދުވެރިޔަކަށްވެ ދެފަރާތުންވެސް އެއްބަސް ވާ ކަންކަން ފުރިހަމަކުރޭތޯ ބެލުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު