ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދޭ އެހީގެ ޓްރަކްތައް ރަފާ ބޯޑަރުން ޣައްޒާއަށް ދަތުރު ފަށައިފިއެވެ.
އިސްރާއީލާއި ހަމާސް އިން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސް ވުމަށް އަމަލުކުރަން ފެށުމާއެކު ޣައްޒާގައި ހާލުގައި ޖެހިފައިވާ އާންމުންނަށް އެހީވުމަށް އެކި ފަރާތްތަކުން ވަނީ މަސައްކަތް ފަށާފައެވެ.
ޣައްޒާ ޕީސް ޕްލޭނުގައި ހިމެނޭ އެހީގެ ސާމާނު ޣައްޒާއަށް އެތެރެވުމަށް ހުއްދަ ދިނުމާއެކު އެހީގެ ޓްރަކްތައް ވަނީ ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަނުމަށް ދަތުރު ފަށާފައިކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އެގޮތުން މިސްރުގެ ރެޑް ކްރެސެންޓުން ވަނީ 153 ޓްރަކުގެ އެހީ ޣައްޒާއަށް އެތެރެކުރުމަށް ދަތުރުފަށާފައެވެ. ރެޑް ކްރެސެންޓުން ބުނީ ޣައްޒާއަށް ދަތުރު ފަށާފައިވާ އެހީގެ ޓްރަކްތަކުގެ ތެރޭގައި ހިމެނެނީ އދ ގެ 80 ޓްރަކާއި ގަތަރުގެ 21 ޓްރަކުގެ އިތުރުން މިސްރުގެ ރެޑް ކްރެސެންޓުގެ 17 ޓްރަކް ކަމަށެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި ހަމާސް އާއި އިސްރާއީލުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ވެފައިވާއިރު ދެފަރާތުންވެސް އަމަލުކުރަން ޖެހޭ ކަންތައްތަކުގެ ތަފްސީލު އެއްބަސްވުމުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު