ކުޑަކުދިންގެ ސިކުނޑީގެ ތަރައްގީވެ ހަނދާން ގަދަވުމަކީ، އެކުދިންގެ ތައުލީމާއި، ކުރިމަގުގެ ކާމިޔާބީއަށް ވަރަށް މުހިންމު ދެކަންތަކެވެ. މިކަންކަން ހަރުދަނާކުރުމުގައި ރަނގަޅު ކާނާގެ ދައުރު ވަރަށް ބޮޑެވެ. ތިރީގައި މި ހިމަނާލަނީ ސިކުނޑީގެ ހަރަކާތްތައް ރަނގަޅުކޮށް، ދަރިފުޅުގެ ހަނދާން ގަދަކުރުމަށްޓަކައި އެކުދިންނަށް ދޭންޖެހޭ ކާނާގެ ބާވަތްތަކާއި، އެއިން ލިބޭ ފައިދާތަކެވެ.
ދަރިފުޅުގެ ސިކުނޑީގެ ތަރައްޤީއަށް އެންމެ މުހިންމު އެއް މާއްދާއަކީ އޯމެގާ-3 ފެޓީ އެސިޑްސްއެވެ. ޚާއްސަކޮށް ޑީއެޗްއޭ (ޑޮކޮސަހެކްސަނޮއިކް އެސިޑް) އަކީ ސިކުނޑީގެ ސެލްތައް އުފެއްދުމާއި، ސިކުނޑީގެ މެސެޖުތައް ފޯރުކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. މަހަކީ އޯމެގާ-3 ފެޓީ އެސިޑްސް ގިނަ ކާނާއެކެވެ. މީގެ އިތުރުން ޗިއާ ސީޑްސް ފަދަ ތަކެތިން ވެސް އޯމެގާ-3 ލިބޭނެއެވެ.
އެންޓިއޮކްސިޑެންޓުތަކަކީވެސް ދަރިފުޅުގެ ސިކުނޑީގެ ތަރައްގީއަށް މުހިންމު މާއްދާއެކެވެ. ކުލަ ކުލައިގެ މޭވާ އާއި ތަރުކާރީގައި އެންޓިއޮކްސިޑެންޓްސް ވަރަށް ގިނައެވެ. މި މާއްދާތަކުން ސިކުނޑީގެ ސެލްތައް ގެއްލުންވުމުން ރައްކާތެރިކޮށްދީ، ހަނދާން ގަދަކުރުމަށް އެހީތެރިވެދެއެވެ. ބްލޫބެރީ، ސްޓްރޯބެރީ، ރަސްބެރީ ފަދަ ބެރީގެ ބާވަތްތަކުގައި ސިކުނޑީގެ މަސައްކަތް ހަލުވިކުރުމަށް އެހީވެދޭ މާއްދާތައް ގިނައިން އެކުލެވިފައި ވެއެވެ. އަދި ބީންސް، ޓޮމާޓޯ، ކެރެޓް، އަދި ބްރޮކޮލީ ފަދަ ތަރުކާރީތައް ދަރިފުޅަށް ދިނުމުންވެސް ސިކުނޑީގެ ސިއްހަތު ރަނގަޅު ވެއެވެ.
މީގެ އިތުރުން ޕްރޮޓީން އާއި އަޔަން އަކީވެސް ސިކުނޑީގެ ދަރިފުޅުގެ ތަރައްގީއަށް ވަރަށް މުހިންމު މާއްދާތަކެކެވެ. ސިކުނޑީގެ ސެލްތައް އުފެއްދުމާއި، މެސެޖުތައް ފޯރުކޮށްދޭ ނިއުރޯޓްރާންސްމިޓަރސް އުފެއްދުމަށް ޕްރޮޓީން ވަރަށް މުހިންމެވެ. މަސް، ކުކުޅުބިސް، ކިރު، އަދި ޗީޒް ފަދަ ބާވަތްތަކަކީ އޭގާއި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ ބާވަތްތަކެވެ. އަޔަން އަކީ ހަށިގަނޑުގެ ހުރިހާ ބަޔަކަށް އޮކްސިޖަން ފޯރުކޮށްދިނުމަށް ބޭނުންވާ މާއްދާއެކެވެ. ސިކުނޑިއަށް ރަނގަޅަށް އޮކްސިޖަން ލިބުމަކީ ހަނދާން ގަދަކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ވީމާ ކެއުމުގައި ގިނައިން އަޔަން އެކުލެވޭ މާއްދާތައް ހިމެނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު