އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުން އައި ހަނގުރާމަ ހުއްޓާލިކަމުގައި ވީނަމަވެސް އިސްރާއީލުން ހިންގި ޖަރީމާތަކުގެ ސަބަބުން އެގައުމުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލުމުން އެކަމަށް މަރުހަބާ ކިޔަމުން ނެރުނު ބަޔާނުގައި ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މި އެއްބަސްވުމަކީ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު އުއްމީދެއް ކަމަށެވެ.
އަދި އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުން އައި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ކުރިއަށް އޮތް ދިގު ދަތުރުގެ ފެށުމެއްގެ ގޮތުގައި މި އެއްބަސްވުން ސިފަކުރެވޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ސުލްހަ ގާއިމުކުރުމަށް ވެފައިވާ އެއްބަސްވުންތަކާއި އިސްރާއީލުން ހިލާފުވެފައިވާ ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި އެއްބަސްވުމަށް އިސްރާއީލުން ފުރިހަމައަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.
އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ދައުވާ އުފުލާފައިވާ އިސްރާއީލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު