ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ފެންވަރުގެ ކުދިކުދި މަޝްރޫޢުތައް ހަވާލުކުރައްވައި ހުޅުއްވައި ދެއްވުމަށް ވަގުތު ހުސްކުރައްވާތީ، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި، އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު، އެކަމާ ނުރުހުން ފާޅުކުރައްވައިފިއެވެ.
ފިރާޤު މިފަދައިން ވިދާޅުވީ ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ފިރާޤު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާ ދަތި ދަނޑިވަޅެއްގައި، ދައުލަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސްގެ ވަގުތު ހޭދަކުރެއްވުން މާ މުހިންމު ކަމަށެވެ. އަދި މިފަދަ ކުދިކުދި ކަންކަމާ ރައީސް ދުރުވެވަޑައިގެން އެހެނިހެން ބޭފުޅުންނަށް އެފަދަ ކަންކަން ހަވާލުކުރުން މުހިންމު ކަމަށް ފިރާޤު ވަނީ ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން ފިރާގު ވިދާޅުވި ގޮތުގައި، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެތައް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވުމެވެ. މީގެތެރޭގައި ކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ފައިސާގެ އިތުރުން، މި ސަރުކާރުގެ ބައެއް ޕްރޮޖެކްޓްތަކުގެ ފައިސާ ވެސް ހިމެނޭއިރު ދައުލަތުގައި ފައިސާ ނެތުމުން، ހިންގަންޖެހޭ މަޝްރޫޢުތަކާއި ކަންކަން ހުއްޓި، ނުވަތަ ސަރުކާރުގެ ކުންފުނިތަކަށް މި މަސައްކަތްތައް ހަވާލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ފިރާޤު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް މިފަދަ ކަންކަން ހަވާލުކުރުމަކީ، ރާއްޖޭގައި އެފަދަ ކަންކަން ކުރާ އަމިއްލަ އެތައް ކުންފުނިތަކެއްގެ މަސައްކަތް ހުއްޓޭ ކަމެއް ކަމަށެވެ. މިއީ އިޤްތިޞާދަށް ބަލާއިރު އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި، އަމިއްލަ ވިޔަފާރިތައް ވަޅުޖަހައިގެން ދިއުމަކީ ނުވަތަ އެ ވިޔަފާރިތައް ހުއްޓިގެން ދިއުމަކީ އެދެވޭ ނަތީޖާއެއް ނޫން ކަމަށް ފިރާޤު ވިދާޅުވިއެވެ.
އަދި ބައެއް މަޝްރޫޢުތައް ކުއްލިކުއްލިއަށް ކުރައްވަން ނިންމަވާއިރު، ރައީސްގެ އަރިހުގައި ތިއްބަވާ ބޭފުޅުންގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމަށް ފިރާޤު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސް އަރިހުގައި ދަތުރުފުޅު ކުރައްވައި ހަވާލުކުރައްވާ ނުވަތަ ސޮއިކުރައްވާ ބައެއް ޕްރޮޖެކްޓްތަކަކީ އެމަނިކުފާނު، ފައްޓަވަން ޖެހޭ ކަންކަން ނޫނެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ތަންކޮޅެއް ވަރުގަދަ ރައީސުލްޖުމްހޫރިއްޔާއެއް. ކުދިކުދި ކަންތައް ކުރުމަށް ވުރެ، އަޅުގަނޑުމެންގެ އެބަހުރި ބައިވަރު މައްސަލަތައް ނުކުރެވިފައި ހުރެ، އަދި ކުރިއަށް ގެންދަންޖެހޭ މާ ޚާއްސަ ކަންތައްތައް. ރައީސް ތަންކޮޅެއް ވަރުގަދަ ބޭފުޅަކަށް ވާންޖެހޭ،" ފިރާޤު ވިދާޅުވިއެވެ.
ފިރާޤު އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވަޒީރު ބޭފުޅުންނާއި، ކަމާބެހޭ ބޭފުޅުން މިކަންކަމަށް ވިސްނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ބޮޑެތި ޕްރޮޖެކްޓްތަކަކީ ޙަޤީޤަތުގައި ވެސް ބޮޑެތި ޕްރޮޖެކްޓްތަކަށް ވާންޖެހޭ ކަމަށާއި، ހަފްތާއަކު ތިން ނުވަތަ ހަތަރު ދުވަސް ވަގުތު ހޭދަކޮށްގެން ރައީސް ވަޑައިގެން ކުރައްވާ ކުދިކުދި ކަންތައްތަކަށްވުރެ، ޤައުމީ މައްސަލަތަކަށް އަހައްމިއްޔަތުކަން ދިނުން މާ މުހިންމު ކަން ފިރާޤު ފާހަަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދު މިހާ ބޮޑަށް ދަތިވެފައިވާ ދަނޑިވަޅެއްގައި، ވޮލީ ކޯޓު، ބާސްކެޓް ކޯޓު، ޓީޓީ ކޯޓު ފަދަ ތަންތަން އެޅުމަށްވުރެ ބޮޑަށް، ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިލްމީ ގޮތަކަށް، ތަޖުރިބާކާރު ބޭފުޅުންގެ މަޝްވަރާގެ މަތިން ކުރިއަށް ދިއުން މާ މުހިންމު ކަމަށް ފިރާގު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ވަގުތު ހުސްކޮށްދެއްވުން މާ މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން އޭޓީއެމް ހުޅުއްވައިދެއްވާތީ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެފަދަ ކުޑަ މަޝްރޫއެއް ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
އެކަމަށް ރައީސް ވަނީ ރައްދު ވެސް ދެއްވާފައެވެ. އެ ގޮތުން، އެ މަނިކުފާނު ވިދާޅުވެފައިވަނީ އޭޓީއެމް ހުޅުވުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެ ކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު