އައްޑޫ ސިޓީގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ދެކޮޅަށް ވޯޓު ދޭން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީންނަށް އޮތް އެންމެ ބޮޑު ބާރަކީ އަދި އައްޑޫގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ މާލެ ފިޔަވައި ދެވަނައަށް އޮތް އެންމެ ބޮޑު އާބާދީއަށް އައްޑޫ ވުން ކަމަށެވެ. އަދި، މިކަން ދެމެހެއްޓުމަށް އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮތުން މުހިންމުކަން އަޒާން ވަނީ ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވީ ވަކި ވަކި ކައުންސިލް ހަދާ، މިހާރު މިއޮތް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަކީ މި ބާރުވެރިކަން ރައްޔިތުންގެ އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫއަށް ނިސްބަތްވާ ރައްޔިތުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމެއް ކަމަށެވެ. އަދި ކައުންސިލްތައް ވަކިކުރުމުގެ ބަދަލުގައި އައްޑޫ އެކަތި ގަނޑެއްގެ ގޮތުގައި އޮވެ ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ހަރުދަނާ ކޮށްގެން އެކަންކަން ހައްލުކުރެވޭނެކަން އަޒާންގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ރައީސް މުހައްމަދު މުއިއްޒު މީގެކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މައްސަލާގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ. ރައްޔިތުންގެ ވޯޓުން ނިންމާ ގޮތަށް އަމަލު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އައްޑޫގައި ވަކިވަކި ކައުންސިލް އުފައްދަން ފެނޭތޯ ބަލަން ފެންނަ ނުފެންނަ ވޯޓު ނަގާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު