ޤައުމަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކޮށް، ފުޑް ސެކިއުރިޓީ ޤާއިމްކުރުމުގެ އުންމީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި، ދުވަހުގެ ހެޔޮ އެދުންތައް، ދަނޑުވެރިންނާއި އެ ސިނާޢަތް ކުރިއެރުވުމަށް ހީވާގިކަމާއެކު މަސައްކަތްކުރައްވާ ފަރާތްތަކަށް އަރިސްކުރައްވާފައިވެއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިންގެ މަސައްކަތުން އެނގިފައިވާ ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި، ރާއްޖެއަށް ފުދޭވަރަށް ދަނޑުވެރިކަން ފުޅާކުރެވި، ފުޑް ސެކިއުރިޓީ ޤާއިމްކުރެވޭނެކަމުގެ އުންމީދު އޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސް އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ އެކްސް މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ރައްކައުތެރިކަން ކަށަވަރު ކުރެވިފައިވާ ދަނޑުވެރި ނިޒާމެއް ޤާއިމުކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ. އަދި، ދަނޑުވެރިން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، މި ސިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެކަމަނާ ތަހުނިޔާ ފޮނުއްވާފައިވެއެވެ.
ރާއްޖޭގެ އާބާދީއަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި އުފައްދައި، ޤައުމުގައި ފުޑް ސެކިއުރިޓީ ޤާއިމްކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ. އެގޮތުން، ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނައުމާއި، ދަނޑުވެރިކަމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކޮށް، ސިނާޢަތް ފުޅާކޮށްގެން އިޤުތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.
ދަނޑުވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 2009 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު