މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު ވަގުތުން މަގާމުން ވަކިކުރަން ކުރީގެ ސައިންސް އެންޑް ޓެކްނޮލެޖީ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލު ގޮވާލައްވައިފިއެވެ.
އިދިކޮޅު ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރީފު އުޅުއްވަނީ އެމްއޭސީއެލް ދަވާލަން ކަމަށާއި، "ޕެނިންސުއުލާ އިންފްރާސްޓްރަކްޗާ" އަކީ އެމްއޭސީއެލްގެ ފައިސާ ލޯންޑަރ ކުރަން ގެންގުޅޭ ވެހިކަލް ކަމަށް ވުން ކައިރި ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖްމަންޓް ދަށުން ހިންގަމުންދާ ކަންކަމާ ގުޅިގެން މަލީހު ވަނީ އެމްޑީ ޝަރީފުގެ ހިންގުންތެރިކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ.
އެގޮތުން އެމްއޭސީއެލްގެ އެމްޑީ ޝަރީފު ބިންހިއްކުމަށް މޮޅިއްޔާ، އޭނާ އެމްޓީސީސީއަށް ލާންވީ ނޫންތޯ މަލީހު ސުވާލުކުރެއްވިއެވެ. ޝަރީފުގެ މިހާރުގެ އަމަލުތަކުން "ޖަލު ގޮޅި" އާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ.
"އެމްއޭސީއެލްގެ އެމްޑީ އުޅުއްވަނީ ކުންފުނި ހިންގުމުގެ ބަދަލުގައި ސިޔާސީ ފުޅިމަދު އުނގުރިއެންހެން، މާދަމާ މުއިއްޒާއި ސާޖިދާއަށް މުގުރިހަ ކައްކަން ޖެހޭނީ އެމްއޭސީއެލް ކަމަށް ބުނެފިނަމަ ދުވެފަ މުލިއާގެ ބަދިގެއަށް ވަންނާނީ ޝަރީފު." ކުރީގެ މިނިސްޓަރު މަލީހް ވިދާޅުވިއެވެ.
މަލީހު އިތުރަށް ވިދާޅުވީ، ކުންފުނި "ހެދުމުގެ" ނަމުގައި އެއުޅެނީ އެކުންފުނި ދަވާލަން ކަމަށެވެ. މިއީ ލޯނު ނަގާ އެންމެ ފަހުން ކުންފުނި ދަރަނިވެރިވެއްޖެ ކަމަށް ނިންމާ ބޭރުގެ ބަޔަކަށް އަނެއްކާ އެއަރޕޯޓު ދިނުމުގެ ހިޔަޅު ރޭވުމެއް ކަމަށް މަލީހް ވަނީ ތުހުމަތު ކުރައްވާފައެވެ.
މަލީހް އެމްއޭސީއެލްގެ އެމްޑީ ޝަރީފްގެ ހިންގުންތެރިކަމާއި މެދު ސުވާލު އުފައްދައި ފާޑުވިދާޅުވިއިރު ދާދިފަހުން "ޕެނިންސުއުލާ އިންފްރާސްޓްރަކްޗާ" ނަމުގައި ވަނީ ކުންފުންޏެއް އުފައްދަވާފައެވެ. އެއީ ބިންހިއްކުމުގެ މަސައްކަތް ކުރަން އުފެއްދި ކުންފުންޏެކެވެ. އެގޮތުން ބިން ހިއްކަން މިއަހަރު 3 ޑްރެޖަރު ގެންނަން ނިއްމާފައިވާކަން ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
ވިޔަފާރި ޕޯޓަލުގައިވާ ގޮތުން، މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. ޝަރީފާއެކު މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބަވަނީ އަހްމަދު އަސަދު ހާޝިމާއި މުހައްމަދު މިހާދާއި އަހްމަދު ސާނިއުގެ އިތުރުން ހުސައިން ރިޔާޒެވެ.

ކިޔުންތެރިންގެ ހިޔާލު