ހުޅުމާލޭ އެމްޕީއެލް ޕޯޓުގައި ހުރި ދެ ކޮންޓޭނަރު ސިނގިރޭޓު ވަގަށްނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި ވިޔަފާރިވެރިޔާ އާރިފާއި ދިގަލީގެ ރޯލަކީ ފަންޑު ކުރުން ކަމަށާއި ޒިވާރާއި މުއާޒްގެ ރޯލަކީ އެގްސެކިއުޓް ކުރުންކަމުގައި ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފިއެެވެ.
އެގޮތުން ވިޔަފާރިވެރިޔާ އަހްމަދު އާރިފްގެ ބަންދު އަމުރުގައި ބުނީ މައްސަލައިގާ ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ގިނަ ބަޔަކު ބައިވެރިވެގެން އެމްޕީއެލްގެ ތެރޭގައި ހިފަހައްޓާފައި ހުރި ކޮންޓެއިނަރެއް ރާވައިގެން ޤަވާއިދާއި ޚިލާފަށް ވަގަށް ބޭރުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެކަން ރޭވުމާއި އެ ޢަމަލު ހިންގުމަށް ފަންޑުކުރި ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް ވަރެއްގެ ހެކި ހުރި ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.
އެމައްސަލައިގައި ހައްޔަރުކުރި ލޮޓަސް ވިޔަފާރީގެ ވެރިޔާ އާރިފް 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މުހައްމަދު ވަހީދު (ދިގަލީ) ގެ ބަންދު އަމުރުގައި ފަންޑު ކުރި ކަމުގެ ކޮންމެވެސް ވަރެއްގެ ހެކި ހުރި ކަމަށް އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
އެމައްސަލައިގައި ހައްޔަރުކުރި ޒިވާރު އިސްމާއިލް އަދި މުއާޒް އަލީގެ ބަންދު އަމުރުގައި އެކަން ހިންގުމުގައި ބައިވެރިވުން އޮތުމުގެ އިތުރަށް ޢަމަލީގޮތުން ރާވާ ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވެއެވެ.
އެމައްސަލައިގައި ޒިވާރަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާއިރު މުއާޒަށް ދީފައިވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެކެވެ.

ކިޔުންތެރިންގެ ހިޔާލު