ބީޓްރޫޓް ފަންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކީހުންގެ މެދުގައި މަގުބޫލު، ފައުދާހުރި ބުއިމެކެވެ. ރަތްކުލައިގެ މި ފަނިން މީހާގެ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބިދޭކަމަށް ދިރާސާތަކުންވެސް ދައްކައެވެ. މިފަހަރު މި ހިމަނާލަނީ ބީޓްރޫޓް ފަނިން ލިބޭ ބައެއް ފައިދާތަކަށެވެ.
ބީޓްރޫޓް ފަނިން ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. ބީޓްރޫޓްގައި ގިނަ އަދަދަކަށް "ނައިޓްރޭޓްސް" އެކުލެވިފައިވެއެވެ. މި މާއްދާ ހަށިގަނޑަށް ވަންނަހިނދު، "ނައިޓްރިކް އޮކްސައިޑް" އަށް ބަދަލުވެ، ލޭހޮޅިތައް ބޮޑަށް ހުޅުވި، ލޭދައުރުވުން ރަނގަޅުކޮށްދެއެވެ. މިއީ ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ ކަމެކެވެ.
ކަސްރަތު ކުރާ މީހުންނަށް ބީޓްރޫޓް ފަންޏަކީ ވަރަށް ފައިދާހުރި ބުއިމެކެވެ. އެއީ ހަށިގަނޑަށް އޮކްސިޖަން ބޭނުންކުރެވޭ މިންވަރު އިތުރުކޮށްދީ، ކަސްރަތު ކުރުމުގެ ގާބިލިއްޔަތުކަން ރަނގަޅުކޮށްދޭތީއެވެ. "ނައިޓްރޭޓްސް" ގެ ސަބަބުން މަސްތަކުގައި ލޭ ދައުރުވުން ރަނގަޅުވެ، ކަސްރަތު ކުރުމުގެ ވަގުތު އިތުރުވެ، އަދި ވަރުބަލިވުން ކުޑަކޮށްދެއެވެ.
އުމުރުން ދުވަސްވުމުން ސިކުނޑީގެ މަސައްކަތް ދަށްވުމަކީ އާންމު ކަމެކެވެ. ބީޓްރޫޓް ފަނި ބުއިމުން ސިކުނޑިއަށް ލޭގެ ދައުރުވުން ރަނގަޅުވެ، ސިކުނޑީގެ މަސައްކަތް ހަލުވިކުރުމަށް އެހީތެރިވެދެއެވެ. ޚާއްސަކޮށް ސިކުނޑީގެ ކުރިމަތީބައި، ނުވަތަ "ފްރޮންޓަލް ކޯޓެކްސް" އަށް ލޭގެ ދައުރުވުން ރަނގަޅުކޮށްދޭކަން ދިރާސާތަކުން ދައްކައެވެ. މިއީ މައްސަލަތައް ހައްލުކުރުމާއި ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ ކަމެކެވެ.
މީގެ އިތުރުން ބީޓްރޫޓް ފަންޏަކީ ފުރަމޭ ސާފުކުރުމާއި، އޭގެ މަސައްކަތް ރަނގަޅުކުރުމަށްވެސް އެހީވެދޭ ބުއިމެކެވެ. ބީޓްރޫޓްގައި ހުންނަ "ބެޓައިން" ކިޔާ މާއްދާއެއްގެ ސަބަބުން ފުރަމޭގައި ސަރުބީ ޖަމާވުން ހުއްޓުވައި، ފުރަމޭގެ މަސައްކަތަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް ވެސް އެހީތެރިވެދެއެވެ.

ކިޔުންތެރިންގެ ހިޔާލު