އެއްބައިވަންތަ ކަމާއެކު ކުރާ މަސައްކަތުން އައްޑޫ ސިޓީއަށް އިތުރު ތަރައްޤީ ހާސިލް ކުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ފައިސަލް ވިދާޅުވީ، އެބައްދަލުވުމުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ކައުންސިލުން ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، ކަރަންޓް ކެނޑުމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދިފައި ނެތުންކަން ފައިސަލް ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު އެމްޑީޕީގެ ވެރިކަމުގައި އައްޑޫގައި ފެށި ބައެއް މަޝްރޫޢުތައް ނުނިމި ދިގުލައި ދިއުމަކީ ކަންބޮޑުވުމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
"އެމްޑީޕީ ސަރުކާރުގައި އައްޑޫ ސިޓީގެ މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ، މަސައްކަތުގެ ބޮޑުބައެއް ނިމިފައި ވާއިރު، އެކަމުގެ ފަސޭހަކަން މިހާރުވެސް ރައްޔިތުންނަށް އަންނަނީ ލިބެމުން. އެހެން ނަމަވެސް ފުރަތަމަ ފޭހުގެ މަސައްކަތް މުޅިން ނުނިމި ދިގުލައިގެން ދިޔުމާއި، މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފޭހުގެ މަސައްކަތް ފެށިގައި ނުވާތީ އެކަމުގެ ދަތިކަމާއި އުނދަގޫތައްވެސް ރައްޔިތުންނަށް އުފުލަން ޖެހިފައިވާކަން އައްޑޫ ސިޓީ ކައުންސިލާއި އެކު ބޭއްވުނު ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުން ފާހަގަވެގެންދިޔަ." ފައިސަލް ވިދާޅުވިއެވެ.
އޭގެއިތުރުން ފައިސަލް ވިދާޅުވީ، އައްޑޫ ސިޓީގެ އިޤުތިޞާދު ފުޅާކުރުމަށްޓަކައި ފަތުރުވެރިކަން ތަރައްޤީ ކުރުމަކީ އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަކީ، އެކުވެރިކަމާއެކު އަތޮޅުގެ ތަރައްޤީއަށް މަސައްކަތް ކުރަމުން އަންނަ ރައްޔިތުންތަކެއްކަން ފައިސަލް ފާހަގަ ކުރަށްވާފައިވެއެވެ.
"މުސްތަޤުބަލުގައިވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކުރެވޭ ބުރަ މަސައްކަތްތަކުން، އައްޑޫ ސިޓީއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހާސިލްކުރެވޭނެ ކަމުގެ އުއްމީދާއި ޔަޤީންކަން އެބައޮތް." ފައިސަލް ވިދާޅުވެފައިވެއެވެ.
އެއްބައިވަންތަ ކަމާއެކު ކުރާ މަސައްކަތުން އައްޑޫ ސިޓީއަށް އިތުރު ތަރައްޤީ ހާސިލް ކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވެފައިވާއިރު، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓު މިމަހުގެ 25 ވަނަ ދުވަހު ނެގުމަށްވަނީ ހަމަޖެހިފައެވެ.
އީސީގެ ރައީސް ޒާހިދު ވިދާޅުވީ، އެވޯޓުގައި 9،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި، މި އިންތިޚާބުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.
އަދި އެވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަ ކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭތޯ އާއި އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭތޯ އެހުންކަމަށް ޒާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު، މީދޫ ރައްޔިތުންނަށްވެސް ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އާއި، ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ. އޭގެއިތުރުން ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށް ޒާހިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު